ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ރަނގަޅަށް ބަލިވެއްޖެ ކަމަށް!
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ: ޙުސައިން ޝާފިޢު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަނގަޅަށް ބަލިވެއްޖެ ކަމުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަކީވެސް ކާމިޔާބިއެއްކަން ފާހަގަކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކޮށް، ޕީއެންސީގެ މެމްބަރުން ފަތުރަމުން އަންނަ ވާހަކަތަކަށް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓްގައެވެ.
ރައީސް ނަޝީދު ސިފަކުރައްވާފައި ވަނީ،، ހިތަދޫ އުތުރު ގޮނޑިއަކީ ޕީއެންސީއަށް ކުރިން ބޮޑު އަގުލަބިއްޔަތަކުން ލިބުނު ގޮނޑިއަކަށް ވާއިރު، އެގޮނޑި އެމްޑީޕީން ހޯދުމަކީ ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ.
ޕީއެންސީގެ ކެންޑިޑޭޓާއި ވާދަކޮށް، އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު ގޮނޑި ހޯއްދެވީ، 62 ވޯޓުގެ ތަފާތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް