Post banner
ރާއްޖެ

ރައީސް ނަޝީދު ހުށައަޅުއްވާ ބޮޑު ބަދަލަށް ޚިޔާލު ހުށައަޅަން ހުޅުވާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސް ނަޝީދު ހުށައަޅުއްވާ ބޮޑު ބަދަލަށް ޚިޔާލު ހުށައަޅަން ހުޅުވާލައިފި

ބޮޑުބަދަލު ވެބްސައިޓް ރައީސް ނަޝީދު އިފްތިތާޙްކޮށްދެއްވުން --- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އިޢުލާން ކުރައްވާފައިވާ ބޮޑު ބަދަލަށް، ޚިޔާލު ހުށައެޅުމަށް ހުޅުވާލައިފިއެވެ.

މިއަދު ވަނީ ބޮޑު ވަނީ ބޮޑު ބަދަލު ވެބްސައިޓްވެސް އިފްތިތާޙްކޮށްފައެވެ. އެމްޑީޕީން ބުނީ، "ބޮޑުބަދަލު" ގެ ހުށަހެޅުންތަކަށް ރައްޔިތުންގެ ހިޔާލު ބޭނުންވާ ކަމަށެވެ. އަދި ބޮޑު ބަދަލު ވެބްސައިޓް މެދުވެރިކޮށް ރައްޔިތުންނަށް ޚިޔާލާއި މަޝްވަރާތައް ޙިއްޞާކުރެވޭނެ ކަމުގައިވެސް ވަނީ ބުނެފައެވެ.

ބޮޑު ބަދަލުވެބްސައިޓް އިފްތިތާޙްކޮށްފައިވާއިރު، ބޮޑު ބަދަލުގެ އޮފީސްގެ ނަމުގައި އެމްޑީޕީގެ ސެކްރެޓޭރިއެޓްގައި ވަނީ އޮފީހެއްވެސް ޤާއިމްކޮށްފައެވެ.

ރައީސް ނަޝިދާއި އެކު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ، އެމްޑިޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒު އިސްމާޢީލް ވިދާޅުވީ، ފެހި ގާނޫނުއަސާސީ އާއެކު ފާއިތުވި 18 އަހަރު އަޅުގަނޑުމެންނަށް ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު ދިވެހިރާއްޖެ ހިންގުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އަންނަންޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހައްދެއް ނެތް ބާރުތަކާއި، ރައްޔިތުންގެ ވޯޓުން ހޮވާ މަޖިލިސް ސަރުކާާރުގެ ގޮނޑިކޮއްކޮ މަޖިލީހަކަށް ބަދަލުވުމާއި، ސިޔާސީ ނުފޫޒާއި ގަޑުބަޑުކުރުމުގެ ތެރޭ ތާށިވެފައި އޮތް ޝަރުއީ ނިޒާމަށް ފަރުވާތަކެއް ހޯދަން ޖެހޭ ކަމުގައި ވެސް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އެބޭފުޅުން ހުށަހަޅާ ބޮޑު ބަދަލަކީ މި ގާނޫނުއަސާސީއަކީ ދައުލަތުގެ ބާރުތައް ހަގީގީ ގޮތެއްގައި ވަކިވެފައިވާ، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި ބާރުވެރިކަން ގެނުވާނެ ބަދަލުތަކެއް ކަމަށެވެ. އަދި މި ހުށަހެޅުންތައް ފުރިހަމަވާނީ މިއަދު ގާނޫނުއަސާސީ، އަދި ބޮޑު ބަދަލުގައި ހުރި ކަންކަމާމެދު ރައްޔިތުންގެ ހިޔާލާއި ފާޑުކިޔުން ލިބިގެން ކަމުގައިވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް