ލުއި ޚަބަރު

އާޓެމިސް 2 ގެ ދަތުރު ވަރަށް ކާމިޔާބު، މިއީ ތާރީހީ ދަތުރެއް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އާޓެމިސް 2 ގެ ދަތުރު ވަރަށް ކާމިޔާބު، މިއީ ތާރީހީ ދަތުރެއް!

އިންސާނުން ދުނިޔޭގައި ތިބޭއިރު ހަނދުއަރާ ގޮތާއި އިރުއަރާގޮތައް، އެ ނަޒަރިއްޔާތުން ނަގާފައިވާ ފޮޓޯއެއް ---ފޮޓޯ: ނާސާ

ނާސާގެ އާރޓަމިސް ޕްރޮގްރާމްގެ ދެވަނަ ޝެޑިއުލް ދަތުރުކަމަށްވާ އާރޓަމިސް 2 އަކުން ޖައްވަށް ކުރި ދަތުރު ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު ދަތުރުގެ ބައިވެރިން އަނބުރާ ދުނިޔެއަށް އަތުވެއްޖެއެވެ.

ނާސާއިން މައުލޫމާތުދޭ ގޮތުގައި މިއީ ތާރީހީ ދަތުރެކެވެ.  އާރޓަމިސް 2 ދަތުރުކުރީ ޖުމްލަ 694،481 ކިލޯމީޓަރުގެ ދުރުމިނަކަށެވެ. މި ދުރުމިނަކީ މީގެ ކުރިން ނާސާގެ އެޕޯލޯ 13 މިޝަންގައި 1970 ވަނަ އަހަރު 3 އެސްޓްރޮނަޓުން ދަތުރުކުރި 400،171 ކިލޯމީޓަރު މުގުރާލި އައު ރިކޯޑު ކަމަށް ނާސާއިން ހާމަކުރެއެވެ.

ޖުމްލަ ދިހަ ދުވަހުގެ މި ދަތުރު ނިންމާލުމަށްފަހު ހަތަރު އެސްޓްރޮނަޓުން ދަތުރުކުރި އޮރައިއޮން އުޅަނދު އަނބުރާ ދުނިޔެއަށް މިހާރު ވަނީ އައިސްފައެވެ.

2،700 ޑިގްރީ ސެލްސިއަސްގެ ހޫނު މިނުގައި ދުނިޔޭގެ އެޓްމޮސްފިއާއިން ދަތުރުކޮށް، ހަތަރު އެސްޓްރޮނަޓުން ދަތުރުކުރި އުޅަނދު ވެއްޓިފައިވަނީ ޕެސިފިކް ކަނޑަށެވެ. އެ އުޅަނދު ދުނިޔެއަށް ވެއްޓެމުން އައި 39،692 ކިލޯމީޓަރުގެ ބާރު މިނުގައެވެ.

Uploaded image

އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުން އޮރައިއަން ސްޕޭސްކްރާފްޓް ޖަށްވަށް ދަތުރުފެށީ ފްލޮރިޑާގެ ގަޑިން އިރުއޮއްސި 18:35 ޖެހިއިރުގައެވެ.

Uploaded image

ތާރީހީ މި މިޝަންގެ ބައިވެރިންނަކީ ރީޑް ވައިސްމޭން، ވިކްޓަރ ގްލޯވަރގެ އިތުރުން ކްރިސްޓީނާ ކޮޗް އާއި ކެނަޑާއަށް ނިސްބަތްވާ ޖެރެމީ ހެންސަންއެވެ.

Uploaded image

މި މިޝަންގެ ބައިވެރިން ވަނީ "ޑީޕް ސްޕޭސް ރޭޑިއޭޝަން" ތަޖުރިބާކޮށްފައެވެ. މީގެއިތުރުން، މިފަދަ އެހެން ދަތުރުތަކުގައި ބޭނުންވާނެ ސަލާމަތީ ނިޒާމާއި، ލައިފް ސަޕޯޓުގެ އިތުރުން އެހެނިހެން އާލާތްތައް ވަނީ ޓެސްޓުކޮށްފައެވެ.

Uploaded image

މި ދަތުރުގެ ބައިވެރިންވަނީ ހަނދުގެ ފަށަލައާއި އިރުކޭތަ ފެންނަ 7،000އަށް ވުރެއް ގިނަ ތަސްވީރު ނަގާފައެވެ. މީގެތެރެއިން ގިނަ ބައެއްގެ ތެރޭގައި ހަނދަށް ދުނިޔެއަރާ ފޮޓޯތައް ވަނީ މަގުބޫލުކަން ހޯދާފައެވެ. މިއީ އިންސާނުން ދުނިޔޭގައި ތިބޭއިރު ހަނދުއަރާ ގޮތާއި އިރުއަރާގޮތައް، އެ ނަޒަރިއްޔާތުން ނަގާފައިވާ ފޮޓޯތަކެކެވެ.  

Uploaded image

އާރޓަމިސް 2 ގެ މިޝަންއަކީ މީގެ ފަސް އަހަރު ކުރިން އަޖުމަބެލުމުގެ ގޮތުން ޖަށްވަށް ފޮނުވި އާޓެމިސް 1ގެ ކާމިޔާބީއަށް ބިނާކޮށްފައި ކުރިއަށް ގެންދިޔުމަށް ނާސާއިން ނިންމި މިޝަންއެކެވެ.

އާރޓަމިސް 2 އަކީ ނާސާގެ އާރޓަމިސް ޕްރޮގްރާމްގެ ދެވަނަ ޝެޑިއުލް ދަތުރެވެ. ނާސާއިން ބުނާ ގޮތުގައި އާރޓަމިސް 2 ގެ މި ދަތުރުގައި ސިދާ ހަނދު މައްޗަށް މި ދަތުރުގެ ބައިވެރިންނަށް ނުފޭބުނު ކަމުގައި ވީނަމަވެސް، މި ދަތުރުގެ ހަގީގީ މަގުސަދަކީ 2027 ވަނަ އަހަރު އާރޓަމިސް 3 ހަނދަށް ޖެއްސުމެވެ.

Uploaded image

 

 

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް