Post banner
ރާއްޖެ

ދިވެހިންނަށް ނޭޕާލަށް އެހީވުމަށް ފުރުޞަތު ހުޅުވާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިވެހިންނަށް ނޭޕާލަށް އެހީވުމަށް ފުރުޞަތު ހުޅުވާލައިފި

ނޭޕާލުގެ ކުއްލި ފެންބޮޑުވުމުގެ ހާދިސާގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުގައި ހުރި އިމާރާތެއް --

ނޭޕާލާއި، ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ފެންބޮޑުވުމާއި، ކިސަޑު ފޭބުމުގެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް، މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ހުޅުވާލައިފިއެވެ.

"އެމްއާރްސީ ނޭޕާލް ސޮލިޑަޓަރީ ފަންޑު" ގެ ނަމުގައި ހުޅުވާފައިވާ މިފަންޑަށް، ފައިސާ ހަދިޔާކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިފަންޑުގެ ބޭނުމަކީ، އެ ކާރިސާގައި އަސަރުކޮށްފައިވާ މީހުންނަށް ބޭނުންވާ ކުއްލި އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ދިވެހި ރެދްކްރެސެންޓުން ހާމަކޮށްފައި ވެއެވެ. އެފަންޑަށް ރައްޔިތުން ހަދިޔާކުރާ ހުރިހާ ފައިސާއެއް ހަވާލު ކުރާނީ، އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ރެޑް ކްރޮސް މެދުވެރިކޮށް، ނޭޕާލް ރެޑް ކްރޮސް ސޮސައިޓީއަށް ކަމުގައިވެސް ދިވެހި ރެޑްކްރެސެންޓުން ވަނީ ބުނެފައެވެ.

ބުދަ ދުވަހު، ނޭޕާލާއި، ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ފެންބޮޑުވުމާއި، ކިސަޑު ފޭބުމުގެ ހާދިސާ ހިނގީ، މައުންޓް އެވަރެސްޓްމަތީގައި ހުރި، ބޮޑެތި ގަނޑުފެންގަނޑުތަކުން ގަނޑުފެންގަނޑެއް، ކުޅިއަކަށް ވެއްޓި، އެކުޅި ފުރިގެން ބަންޑުވުމާއެކު އުފެދުނު ވަރުގަދަ ފެނުގެ ސައިލާބުތަކުގެ ސަބަބުންނެވެ.

ފަރުބަދަމަތިން ފައިބައިގެން އައި ފެނުގެ ސައިލާބުތަކާއި އެކު ކޯރުތައް ފުރިގެން ބަންޑުންވުމުގެ ސަބަބު، އެސަރަހައްދުގެ އެތައް އަވަށެއް މުޅިން ސުންނާފަތިިވެ، ލައްކައެއްހައި މީހުން ވަނީ ހާލުގައި ޖެހިފައެވެ. އެހާދިސާގައި މަރުވި މީހުންގެ އަދަދު، 626އަށް މަތިވެފައިވާ އިރު ގެއްލިފައިވާ މީހުންގެ އަދަދު ވަނީ 3000 ވުރެ މަތިވެފައެވެ. އަދި ގެއްލިފައިވާ މީހުންގެ ތެރެއިން 700 ވުރެ ގިނަ މީހުންނަކީ، ފަތުރުވެރިކަމުގައިވެސް ނޭޕާލުގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް