ރާއްޖެ

ނިޔާވި އަޒްމީލުގެ ހަށިގަނޑު މާލެ ގެނެސް ވަޅުލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނިޔާވި އަޒްމީލުގެ ހަށިގަނޑު މާލެ ގެނެސް ވަޅުލައިފި

އަޙްމަދު އަޒްމީލް ---- ފޮޓޯ: ސްޓެލްކޯ

ހުސްވި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު، ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް ހިނގި ހާދިސާގައި، ބޮޑެތި ޒަޚަމްތަކެއް ލިބި ނިޔާވި، އަހުމަދު އަޒްމީލްގެ ހަށިގަނޑު މާލެ ގެނެސް ހުޅުމާލެ ސަހަރާގައި މިރޭ ވަޅުލައިފިއެވެ.

އަޙްމަދު އަޒްމީލު ނިޔާވީ، އޭނާއަށް ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހުގައި، އިތުރުފަރުވާއަށް، ތައިލެންޑަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. ތައިލެންޑްގައި އޭނާ ނިޔާވީ، މި ޑިސެމްބަރު މަހުގެ 11ވަނަ ދުވަހުގައެވެ.

އަޒްމީލުގެ ހަށިގަނޑު ރާއްޖެ ގެނެސް އޭނާގެ ޖަނާޒާ ބާއްވާފައި ވަނީ، މިރޭގެ ޢިޝާނަމާދަށް ފަހުގައި، ހުޅުމާލެ ސަހަރާގައެވެ. މިޖަނާޒާގައި ސްޓެލްކޯގެ އިސްވެރިންނާއި، އާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވެސް ބައިވެރިވިއެވެ.

އަޒްމީލު ނިޔާވި ހާދިސާ ހިނގީ، ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު، ހުޅުމާލެ ފޭސް 1ގައި ހުންނަ ސްޓެލްކޯގެ ބައު އިންޖީނު ގޭގެ ތެރޭގައި، ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓްގައި ޖެހިގެންނެވެ. އޭނާ ކަރަންޓުގައި ޖެހުމާއި އެކު ހަށިގަނޑުގައި ހުޅުރޯވިއެވެ. އެހެންވެ އެހާދިސާގައި އޭނާއަށް ވަރަށް ސީރިއަސް ޒަޚަމްތަކެއް ލިބުނެވެ.

އަޒްމީލު ނިޔާވިއިރު، އޭނާގެ 18 އަހަރު ނުފުރޭ ކުޑަ ދެކުދިންނާއި އަނތްބަކު ދުނިޔޭގައި އެބައިނެވެ. އަދި އަޒްމީލު ނިޔާވިއިރު، އަޒްމީލުގެ އަންހެނުން އިނީ 3 ވަނަ ދަރިފުޅަށް ބަލިވެއެވެ.

share

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

0/1000 އަކުރު

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ. އަދަބުވެރި ގޮތުގައި ބަހުސް ކުރައްވާ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް