ރާއްޖެ

ސިފައިންގެ މަނަވަރު ހުރަވީ އިންޑިއާގައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސިފައިންގެ މަނަވަރު ހުރަވީ އިންޑިއާގައި

އެމްއެންޑީއެފްގެ ޝިޕް ހުރަވީ --- ފޮޓޯ: އެމްއެންޑީއެފް

ދިވެހި ސިފައިންގެ އަސްކަރީ މަނަވަރު ހުރަވީ، އިންޑިއާއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، ހުރަވީ އިންޑިއާއަށް ގޮސްފައި ވަނީ، އިންޑިއާގެ ވިޝާކަޕަޓްނަމްގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި ބައިވެރިވުމަށެވެ.

މި މަހުގެ 15އިން 25އަށް ވިޝާކަޕަޓްނަމްގައި ކުރިއަށްދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުއަކީ، ބައިވެރިވާ ގައުމުތަކުގެ އަސްކަރީ އުޅަނދުތައް އެއް ތަނަކަށް ޖަމާވެ ކުރިއަށްގެންދާ އަސްކަރީ ހަރަކާތެކެވެ. 

މި އަހަރުގެ ފްލީޓް ރިވިއުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 74 ޤައުމަކުން ބައިވެރިވެފައިވާ ކަމަށާއި، އެ ހަރަކާތުގައި ޖުމްލަ 85 އަސްކަރީ އުޅަނދު ބައިވެރިވި އިރު، އޭގެ ތެރޭގައި އިންޑިއާ ކަނޑުގެ ސިފައިންގެ 66 އުޅަނދަކާއި ބޭރުގެ އެކި ގައުމުތަކަށް ނިސްބަތްވާ 19 އުޅަނދެއް ހިމެނޭ ކަމުގައި އެމްއެންޑީއެފުން ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސިފައިންގެ ތިން ސަބްމެރީނާއި 60އަށް ވުރެ ގިނަ އަސްކަރީ މަތިންދާބޯޓު މި ހަރަކާތުގައި ބައިވެރިވެފައިވާ ކަމުގައިވެސް އެމްއެންޑީއެފުން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް