ޓޫރިޒަމް މިނިސްޓަރުގެ މަޤާމުން ވަކިކުރި ފައިސަލް ސަރުކާރަށް ލިބުނު ނާކާމިޔާބީ ފާހަގަކުރެއްވީ ބައްޕަގެ ޅެން ބައިތަކުން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް --
މިސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުގެ މަޤާމު ފުރުއްވި އިބްރާހީމް ފައިޞަލް، އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ ޅެންބައިތަކުން ފާހަގަކުރައްވައިފިއެވެ.
ފައިސަލްއަކީ، މިސަރުކާރު ގެނައުމުގެ މޭސްތިރިޔާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲގެ ފިރިހެން ދަރިފުޅެވެ. އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަޤާމުން ވަކިކުރެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ޢަބްދުއްރަހީމާއި ދެމެދު އުފެދުުނު ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން މިސަރުކާރަށް އެންމެ އަހަރެއް ފުރުނުތަނުން، 28 ޖެނުއަރީ 2025 ގައެވެ. ފައިޞަލް މަޤާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމަ ނުކޮށް އޮތް ނަމަވެސް އެކަމުގެ ސަބަބަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ޢަބްދުއްރަޙީމާއި ދެމެދު އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތައް ކަމުގައި ޢަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.
ސަރުކާރަށް ލިބުނު ނާކާމިޔާބީ އާއެކު ފައިސަލް ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވީ، ބައްޕާފުޅު ޢަބްދުއްރަހީމްގެ ޅެމެއްގެ ބައިތެކެވެ.
"ދާނެޔޭ މިއަދު އިނގޭ އިއްޔެ އަކަށް ބަދަލުވެގެން،
ވާނެ މާދަން މިއަދަށް ދުނިޔެ ހިނގާނަމަ އޮވެގެން،"
ޓޫރިޒަމް މިނިސްޓަރުގެ މަޤާމުން ވަކިކުރެއްވި ފަހުން، ފައިސަލް އަމަލީ ގޮތުން ސިޔާސީ ކަންކަމުގެ ތެރޭގައެއް ނޫޅުއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް