ރާއްޖެ

ރައީސްގެ ބައްދަލުވުން ޚާއްޞަކޮށްފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސްގެ ބައްދަލުވުން ޚާއްޞަކޮށްފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި އެކު ބާއްވަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ރޭ ވިޔަފާރިވެރިންނާއި އެކު ބާއްވަވާ ބައްދަލުވުން ޚާއްޞަކުރައްވާފައި ވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެބައްދަލުވުމުގައި، ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވާކަމަށެވެ.

މިއީ، ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ބާއްވަވާ ފުރަތަމަ ބައްދަލުވުން ކަމުގައި ވެސް ހީނާ ވިދާޅުވިއެވެ.

މިބައްދަލުވުން އޮންނާނީ، 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި، ހުރިހާ ރަށްރަށެއްގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އަދި މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުންވެސް މިހާރު ވަނީ ފައްޓަވާފައެވެ. މިގޮތުން ގަލޮޅުގެ ރައްޔިތުންނާއި އެކު ބާއްވަވާ ބައްދަލުވުން މިރޭ އޮންނާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

0/1000 އަކުރު

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ. އަދަބުވެރި ގޮތުގައި ބަހުސް ކުރައްވާ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް