ޤުބާގެ އުމްރާވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޤުބާ ހައްޖު އުމްރާ މޯލްޑިވްސްގެ ޖުލައިމަހުގެ އުމްރާގެ ބައިވެރިންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ ނޫސް
ޤުބާ ހައްޖު އެންޑް އުމްރާ މޯލްޑިވްސްގެ ހަވާލުގައި މިޖުލައިމަހު އުމްރާއަށްދާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވައިފިއެވެ.
މިބައްދަލުވުން ބާއްވާފައި ވަނީ، މިރޭ ހުޅުމާލެ ހުރަވީ ސްކޫލުގައެވެ.
މިބައްދަލުވުމުގައި ވަނީ، އުމްރާއަށްދާ ފަރާތްތަކަށް، ދަތުރާއި ގުޅޭ މައުލޫމާތާއި، އަދި ޢުމްރާގެ އަޅުކަން އަދާކުރާނެ ގޮތުގެ މައުލޫމާތުގެ އިތުރުން، ޞިއްޙީގޮތުން ސަމާލުކަން ދޭންވީ ކަންތައްތަކުގެ މައުލޫމާތުވެސް ޙިއްޞާކޮށްފައެވެ.
މިޖުލައިމަހުގެ އުމްރާއަށް ފުރާ އުމްރާވެރިން މާލެއިން ފުރުމަށް ހަމަޖެހިފައި ވަނީ ދެފްލައިޓެއްގައި އަންގާރަ ދުވަހުގައެވެ. ޤުބާގެ އުމްރާވެރިން ދަތުރުކުރާނީ، ސަޢޫދީ އެއަރގަޔާއި، ގަލްފް އެއާގައެވެ.
އުމްރާގެ އަޅުކަން ނިންމުމަށްފަހުގައި ހުރިހާ އުމްރާވެރިންވެސް މާލެ އައުމަށް ހަމަޖެހިފައި ވަނީ، މިމަހުގެ 30 ވަނަ ދުވަހުގައެވެ.
ޤުބާ ޙައްޖު އުމްރާ މޯލްޑިވްސްގެ ފަރާތުން މިހާރު ވަނީ، ޑިސެމްބަރު މަހުގެ އުމްރާއަށްދާން ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތު ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް