Post banner
ރާއްޖެ

ހުޅުމާލޭގައި ފަތިހު ހިނގި އަލިފާނުގެ ހާދިސާގައިބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލޭގައި ފަތިހު ހިނގި އަލިފާނުގެ ހާދިސާގައިބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ހުޅުމާލެ ފޭސް 1ގައި ފަތިހު ގުދަނެއްގައި ރޯވި އަލިފާން ނިވާލުމަށް އެމްއެންޑީއެފުން މަސައްކަތް ކުރަނީ --- ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލޭގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައި ގުދަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްްއެންޑީއެފުން ވިދާޅުވީ، އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބުނީ، ރޭ ފަތިހު 03:30 ހާއިރުގައި ކަމަށެވެ. އަދި 10 މިނިޓް ތެރޭގައި އަލިފާން ނިވާލެވުނުކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެންމެ ފުރަތަމަ އަލިފާން ރޯވީ، ހުޅުމާލޭ ޗަނބޭލީ ފަސް ނަމްބަރު ގޯޅިތެރޭގައި ހުރި ލޮޓް ނަންބަރ 11154 ގޭގައި ހުރި ގުދަނެއްގެ ކުރިމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންގއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ މިހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް