Post banner
ރާއްޖެ •

އިންޑިއާގައި ގެއްލުނު ދިވެހި މީހާ ފެނިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންޑިއާގައި ގެއްލުނު ދިވެހި މީހާ ފެނިއްޖެ

ރ. މީދޫ، އަތަމާގޭ އަލީ އިބްރާހިމް )އައްޔަބެ( ---

ބޭސް ފަރުވާއަށް އިންޑިއާގެ ޓްރެވިންގޑްރަމްއަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ، ރ. މީދޫ، އަތަމާގޭ އަލީ އިބްރާހިމް (އައްޔަބެ)އެވެ. މިއަދު އޭނާ ފެނިފައިވާކަން އާއިލާގެ ފަރާތުން ވަނީ ކަށަވަރުކޮށްދީފައެވެ. އައްޔަބޭ ފެނުނު އިރު އޭނާގެ ހާލު ރަނގަޅެވެ. އައްޔަބޭ ގެއްލުނީ އިއްޔެގެ ފަތިހު 5:30 ހާއިރުން ފެށިގެންނެވެ. އޭނާ ފެނުނީ މިއަދު ހެނދުނުއެވެ.

އޭނާ ފެނުނީ، ގެއާއި 15 ކިލޯމީޓަރު ދުރުން ރެސްޓޯރެންޓެއްގެ މަގާއި ވީ ފަރާތުގެ ގާގަނޑެއް މަތީގައި އިންދައެވެ. އެތަނުގައި އޭނާ އިންދައި ފެނުނީވެސް، އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ އާއިލާގެ މީހުންނަށެވެ.

އައްޔަބޭ އާއި ހަވާލާދި އާއިލާގެ މީހަކު ރައްޔިތުންގެ ނޫހަށް ކިޔައިދީފައިވާ ގޮތުގައި، ފަތިހު ހިނގާލަން ނުކުތްތަނުން ބޮލަން އެނބުރުން އަރާތީ އެސަރަހައްދުގެ ޞިއްޙީ ފަރުވާދޭ ތަނަކަށް ވަނުމުން އެތަނުން އައްޔަބޭ ނެރުނީއެވެ. ދެވޭ ނުދެވޭ ތަނެއް ނޭނގި މަގު އޮޅުނީ އެހިސާބުންނެވެ.

އައްޔަބޭ ގެއިން ނުކުތް އިރު އަތުގައި އޮތީ އެންމެ 75 ރުޕީސް ކަމަށާއި، ފެންފުޅިއަކާއި ދެވައް ދޮންކެޔޮކައިގެން، އިއްޔެ މެނޭޖްކުރީ ކަމުގައިވެސް އައްޔަބޭ ބުނެފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. އަދި އައްޔަބޭއަށް ރޭގަނޑު ކާންދިނީ، އައްޔަބޭ ފެނުނުތަނުގައި ހުރި ރެސްޓޯރެންޓަށް ރޭ އައި ބަޔަކު ކަމަށާއި، އަދި ރޭ ނިދީވެސް އެރެސްޓޯރެންޓްގެ ބޭރުގެ ގާގަނޑުމަތީގައި ކަމަށް އައްޔަބޭ ބުނެފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް