ބަނގުލަދޭޝްގެ ރައީސް އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން ---
ބަންގްލަދޭޝްގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަހާބުއްދީން އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ބަނގުލަދޭޝްގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ރަައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވައިފި ހާލަތެއްގައި ދެން އެމަޤާމު ފުރުއްވާނީ، ޤާނޫނުހަދާ މަޖިލީހުގެ ރައީސެވެ.
މުޙައްމަދު ޝަހާބުއްދީން 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވި އިރު، ދައުރުގައި އަދި ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ބާކީ އެބައޮތެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ. އެެހެން ނަމަވެސް ޝައިޚް ޙަސީނާގެ ވެރިކަން އާއްމުން ނުކުމެ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އިންޤިލާބުކޮށްލުމަށް ފަހުގައި، އައު ސަރުކާރު އެކުލަވާލި އިރު، ރައީސްއަށް އޮންނަ ބާރުތައް ވަނީ ހަނިކޮށްފައެވެ.
މީގެ އިތުރުން، މުޙައްމަދު ޝަހާބުއްދީން، ވެރިކަމުން ދުރުކުރެވުނު ޝައިޚް ޙަސީނާ އާއި އެކު މަޝްވަރާތައް ކުރައްވާ ކަމުގެ ތުހުމަތުތަކެއްވެސް ވަނީ ކުރެވިފައެވެ. ޝައިޚް ހަސީނާގެ ވެރިކަން ވެއްޓުމަށްފަހުގައި، އެކަމަނާ ދިރިއުޅުއްވަމުން ގެންދަވަނީ ޤައުމުން ބޭރުގައެވެ. އެހެން ނަމަވެސް މިއަހަރުގެ ޑިސެމްބަރު މަހު އަލުން އެނބުރި ޤައުމަށް ވަޑައިގަންނަވާނޭކަން ހަސީނާ މިހާރު ވަނީ އިއުލާނުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް