ގަސްތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ގަދަ ވަޔާއިއެކު ވެއްޓިފައިވާ ގޮފިގަނޑުތަކާއި ގަސްތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
މިއަދު ހެނދުނުން ފެށިގެން މޫސުމް ގޯސްވެ ބާރަށް ވައިޖެހެމުންދާތީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ގަސްތަކާއި ގަސްތަކުގެ ގޮފިގަނޑުތައް ދަނީ ވެއްޓެމުންނެވެ. އެޗްޑީސީން ބުނީ، ގަސްތަކާއި ގަސްތަކުގެ ގޮފިތައް މަގުމަތިން ނަގައި ސާފު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަ ކަމަށާއި އެމަސައްކަތުގައި ފުލުހުންވެސް އެހީތެރިވަމުން އަންނަ ކަމަށެވެ.
މާލެ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުމް ގޯސްވެފައި ވާއިރު، އެޗްޑީސީން ވަނީ ކުއްލި ހާލަތުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، އެޗްޑީސީގެ ހޮޓްލައިން 1516އަށް ގުޅުމަށް އެދިފައެވެ.
މޫސުމުން ގޯސްވުމުގެ ސަބަބުން ގިނަ ހާދިސާތައްވެސް އަންނަނީ ހިނގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް