ދާންދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފެއް ކުއްލި ގޮތަކަށް ނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އައިޝަތު އިބްރާހީމް == ފޮޓޯ: ދާންދޫ ހެލްތު ސެންޓަރ
ގއ. ދާންދޫ ޞިއްޙީ މަރުކަޒުގައި ވަޒީފާ އަދާކުރަމުން އައި އެންމެ ގިނަ ދުވަސްވީ އެއް މުވައްޒަފު ރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ނިޔާވީ، ގއ. ދާންދޫ، ވިނަމަތި، އައިޝަތު އިބްރާހީމް، (41އ) އެވެ. އޭނާ ނިޔާވުމާއި ގުޅިގެން ދާންދޫ ހެލްތު ސެންޓަރުން ވަނީ އެކަމުގެ ހިތާމަފާޅުކޮށް ތަޢުޒިޔާ ކިޔާފައެވެ. އައިޝަތު އިބްރާހީމް އެމަރުކަޒުގައި މަސައްކަތް ކުރަން ފައްޓަވާފައި ވަނީ 2004 ވަނަ އަހަރު ހެލްތު ޕޯސްޓެއްގެ ގޮތުގައި ހުޅުވި އިރުން ފެށިގެންނެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައިޝަތު އިބްރާހީމް ނިޔާވީ އެލާޖީއެއް ވެގެން، ދާންދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް