Post banner
ރާއްޖެ

8 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ފެން ހިންދާ ނިޒާމް އޮތީ ވީރާނާވާން ދޫކޮށްލާފައި - މޭޔަރު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

8 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ފެން ހިންދާ ނިޒާމް އޮތީ ވީރާނާވާން ދޫކޮށްލާފައި - މޭޔަރު

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގެ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި ---

ކުރީ ސަރުކާރުގައި 8 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ޤާއިމްކުރި ފެން ހިންދާ ނިޒާމް އޮތީ ނުބަލަހައްޓައި ވީރާނާވާން ދޫކޮށްލާފައި ކަމުގައި، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޭޔަރު ނިޒާރު މިހެން ވިދާޅުވީ، އައްޑޫ ސިޓިއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގޯތި ގެދޮރަށާއި މުދަލަށް ގެއްލުންތައް ލިބިފައިވާ މިދަނޑިވަޅުގައި އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓްގައެވެ.

މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީގެ އަވައްތަކުގައި ގާއިމުކޮއްފައިވާ ފެންހިންދާ ނިޒާމުގައި ހިމެނޭ ޕަންޕް ސްޓޭޝަންތަކަކީ 8 މިލިއަން ޑޮލަރައް ވުރެ ގިނަފައިސާ ހަރަދުކޮށް ގާއިމުކޮއްފައިވާ މުހިންމު ރައްކާތެރިކަމުގެ ވަސީލަތެއް ކަމަށާއި، އެހެންނަމަވެސް މިނިޒާމު ބޭނުންކުރެވޭނެގޮތް ނެތި ވީރާނާވާން ވަނީ ދޫކޮށްލާފައި ކަމަށެވެ. އަދި ކަރަންޓް ދެވޭނެގޮތް ނެތްތަނުގައި މިތަންތަން ހުރިކަމެއްވެސް މި މަސައްކަތުގެ ވެރިފަރާތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެން އިންފްރާސްޓްރަކްޗަރ އެގިފައިވާހެން ހީނުވާކަމުގައި މޭޔަރ ނިޒާރު ވިދާޅުވިއެވެ.

މޭޔަރ ނިޒާރު ވިދާޅުވީ، އައްޑޫ ފޭދޫގައި މިނިޒާމް އަމުދުން ގާއިމުވެފައި ނެތުމާއިއެކު، އަދި ދިމާވެދާނެ ހިތާމަވެރި ހާދިސާތަކަށް ވިސްނައި ފޭދޫގައި އަވަސްކޮށް ފެންހިންދާ ނިޒާމް ގާއިމުކޮށްދިނުނަމަށް ކައުންސިލުން ވަަނީ ސަރުކާރުގައި ތަކުރާރުކޮށް ދަންނަވާފައިކަމުގައިވެސް މޭޔަރު ވިދާޅުވިއެވެ. އަދި މީގެ 01 އަހަރުކުރިން ފޭދޫގެ ފެންހިންދާ ނިޒާމް ގާއިމުކުރުމަށް އާރު.ޑީ.ސީ އާއި ހަވާލުކޮށްފައިވާއިރު، އެމަޝްރޫޢުވެސް ކުރިޔަށް ނުދާ ކަމުގައި މޭޔަރ ނިޒާރު ވިދާޅުވިއެވެ. އެ މަޝްރޫ ކުރިޔަށްދާގޮތަކާއި ގުޅޭ ގޮތުން އާރްޑީސީއާ ސުވާލު ކުރުކުން އެކުންފުނިން ބުނެފައި ވަނީ، އެމަޝްރޫޢުގެ ބިންގާ އެޅި ނަމަވެސް މަޝްރޫޢާއި ގުޅޭ އިތުރު މައުލޫމާތެއް ލިބިފައި ނެތްކަމަށް ކަމުގައިވެސް މޭޔަރ ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަސައްކަތް ސަރުކާރުން ހަވާލު ކުރި ކުންފުނި، އާރްޑީސީ އުވާލަން ނިންމަވާފައިވާކަން، މިދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފޭދޫގެ 80 ވަރަކަށް ގެއަށް ގެއްލުން ލިބިފައިވާއިރު މިފަދަ ގެއްލުން ތަކުން ރައްޔިތުން ސަލާމަތްކުރުމަށް އަވަސްފިޔަވަޅުތައް އަޅައި ދާއިމީ ހައްލު މިކަމަށް ހޯދަދިނުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށާއި، އަދި އައްޑޫގައި ގާއިމުކޮއްފައިވާ ފެންހިންދާ ނިޒާމް ބޭނުންކުރެވޭނެގޮތް ހަދައި އެތަންތަން ކައުންސިލާއި ހަވާލުކޮށްދެއްވުމަށްވެސް ސަރުކާރަށް ގޮވާލައްވާކަމުގައި މޭޔަރ ނިޒާރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް