ކުރިއަށް އޮތް ތަނުގައި މުވައްޒަފުން ވަކި ކުރާނެ : ވެމްކޯ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވެމްކޯއިން ދަނީ އެކި މަރުހަލާތަކުގައި އިސްލާހީ ބަދަލުތައް ގެންނަމުން --- ފޮޓޯ: އެޓޯލް ޓައިމްސް
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި މުވައްޒަފުން ވަކި ކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މައުލޫމާތު ހޯދާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ ނޫހުން އެދުނީ ވެމްކޯއިން މިހާތަނަށް ވަކި ކުރި މުވައްޒަފުންނަށް އެލަވަންސްދޭން ކަނޑައަޅާފައިވާ މުއްދަތާއި، ތާރީހާއި، މިހާތަނަށް ވަކި ކުރި މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަށް ދޭންޖެހޭ ޖުމްލަ ފައިސާގެ އަދަދު ބަޔާންކުރުމަށެވެ.
މި ނޫހުން ކުރި ސުވާލަށް ވެމްކޯއިން ލިޔުމުން ދިން ޖަވާބުގައި ބުނެފައިވަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އެކި މަރުހަލާތަކުގައި އިސްލާހީ ބަދަލުތައް ގެނެވުނު ނަމަވެސް، މިހާތަނަށް އެއްވެސް މުވައްޒަފަކު ރިޑަންޑަންޓް ކުރެވިފައިނުވާކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ކުންފުނީގެ އިސްލާހީ ސިޔާސަތުތަކާއި ބަދަލުތަކުގެ ދަށުން އެ މަސައްކަތް ކުރިއަށް ދާނެކަމަށް ވެމްކޯއިން މައުލޫމާތުދިނެވެ.
ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުންވެސް ވަނީ ދައުލަތުގެ ހަރަދުކުޑަކޮށް، ކުންފުނިތަށް "ރައިޓްސައިޒް" ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ފެނަކައިން އެކަނިވެސް އަމިއްލައަށް ރިޓަޔާކުރަން ބޭނުންވާ މުވައްޒަފުންނަށް ހުޅުވާލި ފުރުސަތު 97 މުވައްޒަފުން ބޭނުންކޮށްފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް