އެޗްއާރްސީއެމްއިން ބުނީ ކުއްޖާ ނިޔާވުމުގެ ކުރިން އެކޮމިޝަނުން މައްސަލަ ބަލަންފަށައިފިކަމަށް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެޗްއާރްސީއެމްގެ މެމްބަރުން ---
މ. ޗީޒް އިބްރާހީމް އަޛާން ސުހައިލް (6އ)އަށް ކެއިން ބުއިމަށް ބޭނުންވާ ފީޑިންގ ޓިއުބެއް ބޭނުންވާ މުއްދަތަކަށް ނުލިބިގެން، ސޯޝަލް މީޑިއާގައި އެކަން ހާމަކުރުމުން އޭގެ އަނެއްދުވަހުން ފެށިގެން އެކަން ތަޙްޤީޤު ކުރަން ފެށި ކަމުގައި އެޗްއާރްސީއެމްއިން ބުނެފިއެވެ.
އެޗްއާރްސީއެމްއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ކުއްޖާގެ މަންމަ އާމިނަތު ޔަޝްފާ، 16 މާރިޗު 2026ގައި މީސްމީޑިއާގެ މަންސައެއްގައި ކުރި ޕޯސްޓާއި ގުޅިގެން މާރުޗު 17 ވަނަ ދުވަހުން ފެށިގެން ކޮމިޝަނުން އެކަން ތަޙްޤީޤު ކުރަން ފަށާފައިވާ ކަމަށެވެ. މިގޮތުން އެތަޙްޤީޤުގައި ބަލަމުން ދަނީ، ދިވެހި ރައްޔިތަކަށް ދައުލަތުގެ އެހީތެރިކަމެއް ބޭނުންވާ ނިޒާމުގެ ތެރެއިން ލަސްވުމެއް ނެތި އެހީތެރިކަން ލިބޭނެގޮތް ޤާއިމްވެފައި އޮތްތޯ އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައި ޙައްޤުތައް ކަށަވަރުކޮށްދީފައިވޭތޯ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދިރިހުރުމުގެ ޙައްޤާއި، ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބުމުގެ ޙައްޤާއި، ކުޑަކުދިންނާއި ޅަފުރާގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ޚާއްޞަ ރައްކާތެރި ކަމުގެ ޙައްޤެވެ.
މިގޮތުން އެ ޙައްޤުތައް، ޤާނޫނު އަސާސީން ތަޞައްވުރު ކުރާ މިންވަރަށް ދައުލަތުގެ ފަރާތުން ކަށަވަރުކޮށްދީފައި އޮތްތޯ އާއި ރައްޔިތަކު އެހީތެރިކަަމަށް އެދޭ ހިނދުގައި އެކަމެއްގެ މުއާލާތް ކެނޑުމުގެ ކުރިން އެކަމެއް ހައްލުކުރެވޭނެ އިޖުރާއަތްތައް ދައުލަތުގެ ފަރާތުން ޤާއިމްކުރެވިފައިވޭތޯ ނުވަތަ ނޫންތޯވެސް މިތަޙްޤީޤުގެ ތެރެއިން ބަަލާކަމުގައި އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެޗްއާރްސީއެމްއިން ބުނީ، އެ ތަޙްޤީޤަށް ފާހަގަވާ ކަންކަމާއި ގުޅޭ ގޮތުން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް އިދާރާތަކަށް ކޮމިޝަނުން އަންގާނެ ކަމަށެވެ.
މ. ޗީޒް އިބްރާހީމް އަޛާން ސުހައިލް (6އ)އަށް ކާންދިނުމަށް ބޭނުން ކުރާ ފީޑިންގ ޓިއުބް ބަދަލުކުރަންޖެހި އެ ބަދަލުކުރުމަށް އައު ފީޑިން ޓިއުބެއް ހޯދުމަށް އެންސްޕާ އާއި އެސްޓީއޯއަށް އެދިފައިވާތާ 8 މަސް ދުވަސްވީ އިރުވެސް އެ ނުލިބި ކުއްޖާގެ ހާލުގޯސްވެ ވަނީ ނިޔާވެފައެވެ. މިމައްސަލައިގައި އާއްމުން އަންނަނީ ނުރުހުންފާޅު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް