Post banner
ރާއްޖެ

ބިން އަތުލާ އިސްލާޙް ދިފާއުކުރަން އިތުރު ޕެޓިޝަނެއް ހުށައަޅައިފި

ބިން އަތުލާ އިސްލާޙް ދިފާއުކުރަން އިތުރު ޕެޓިޝަނެއް ހުށައަޅައިފި

ރައްޔިތުންގެ މަޖިލިސް --

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދަން ސަރުކާރަށް ތާއީދު ކުރާ ފަރާތަކުން ހުށައެޅި ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ލާޒިމުވާ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން، ރިޕީޓްކޮށް އެއްކަމެއްގައި ނުވަތަ އެއް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިިލިހުގެ ގަވާއިދު ބަދަލުކުރާމާއި އެކު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އައި ޕެޓިޝަނެއް މަޖިލީހަށް ހުށައަޅައި ސޮއިކުރަން ފަށައިފިއެވެ.

އައު ޕެޓިޝަން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އީޕޯޓަލް މެދުވެރިކޮށް ހުށައަޅާފައި ވަނީ، ކ. މާލެ، ސަންފާ މަންޒިލް ޢަލީ ނަބީލެވެ. އޭނާ ހުށައެޅި ޕެޓިޝަނަށް 24 ގަޑިއިރުވެސް ނުވަނީސް ވަނީ، 2،100 ސޮއި ހަމަކޮށްފައެވެ. ޕެޓިޝަނުގައި 2100 މީހުން ސޮއިކޮށްފިނަމަ، އެ ޕެޓިޝަނަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުން ލާޒިމްވާނެއެވެ. ޕީއެންސީން މި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ލައްވައި ސޮއިކުރުވުމުގެ މަސައްކަތް ކުރަމުން އަންނައިރުި، މިއަދުގެ ހެނދުނު 11:30 އާއި ހަމައަށް އެޕެޓިޝަންގައި ވަނީ، 4500 ވުރެ ގިނަ މީހުން ސޮއިކޮށްފައެވެ.

ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން، ހުށައަޅާފައިވާ އެޕެޓިޝަނުގައި ގޮވާލާފައި ވަނީ، ކައުސިލްތަކުގެ އިޙްތިސާސްގައިވާ ބިންތައް ވަޒީރުންގެ މަޖިލީހުން ނިންމައިގެން ސަރުކާރަށް އަތުލެވޭ ގޮތަށް ޤާނޫނަށް ބަދަލު ގެނައުމަށް، ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލު އެގޮތަށް ފާސްކުރުމަށެވެ.

ސަރުކާރަށް ތާޢީދު ކުރާ ފަރާތްތަކުން މިޕެޓިޝަން ހުށައަޅާފައި މިވަނީ، އެބިލް އަނބުރާ ގެންދިޔުމަށް ގޮވާލައި، ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސަޢުދު ހުށައެޅި ޕެޓިޝަންގައި އާއްމުން ސޮއިކުރަން ފަށައި، އެޕެޓިޝަނަށް މަޖިލީހުގައި ބަހުސް ކުރުމަށް ބޭނުންވާ 2100 މީހުންގެ ސޮއި ހަމަވުމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް