Post banner
ރާއްޖެ

ސަރުކާރު ޕާޓީގެ ކެންޑިޑޭޓުންގެ ޕޯސްޓަރަކަށް ގެއްލުންދީފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަރުކާރު ޕާޓީގެ ކެންޑިޑޭޓުންގެ ޕޯސްޓަރަކަށް ގެއްލުންދީފި

ސަރުކާރު ކެންޑިޑޭޓުންގެ ޕޯސްޓަރަކަށް ގެއްލުންދީފައި --- ފޮޓޯ: ޙަސަން ޢަތީޤު

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ފަރާތުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ފުވައްމުލަކުގައި ހަރުކޮށްފައިވާ ބޮޑު ޕޯސްޓަރަކަށް ބަޔަކު ގެއްލުން ދީފިއެވެ.

އެ ޕޯސްޓަރަށް ގެއްލުން ދީފައި ހުއްޓައި ފެނިފައި ވަނީ މިއަދުއެވެ. އެޕޯސްޓަރަކީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ދަނޑިމަގު ދާއިރާއިން ފުވައްމުަލަކު ސިޓީ ކައުންސިލަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުހޯދުމުގެ ގޮތުން ހަރުކޮށްފައި ހުރި ބޮޑު ޕޯސްޓަރެކެވެ.

ޕޯސްޓަރަށް ގެއްލުންދީފައިވާ މައްސަލައިގައި، ފުވައްމުލަކުގެ ޕީއެންސީގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކެންޑިޑޭޓުން ތާއީދު ހޯދުމުގެ ގޮތުން ހަރުކުރާ ކެމްޕޭން ޕޯސްޓަރާއި ބެނާފަދަ ތަކެއްޗަށް ގެއްލުންދިނުމަކީ، އެ ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުންކަމަށް ވީނަމަވެސް އެފަދަ އަމަލުތައް ކޮންމެ އިންތިހާބެއްގެ ކެމްޕޭންތެރޭގައިވެސް ފެނިގެން ދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް