ރާއްޖެ

އިންތިޚާބާއި ދިމާވާގޮތަށް ރޭ ފެށި ސަރުކާރު ޓެކްސީ ލައިންގެ ޚިދުމަތް މިހަފްތާއަށް ހިލޭކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންތިޚާބާއި ދިމާވާގޮތަށް ރޭ ފެށި ސަރުކާރު ޓެކްސީ ލައިންގެ ޚިދުމަތް މިހަފްތާއަށް ހިލޭކޮށްފި

މާލޭ ޓެކްސީ ލައިންގެ ކާރެއް ހުޅުމާލެ މަގުމަތީގައި ދުއްވާފައި ދަނީ --- ފޮޓޯ: ރައްޔިތުންގެ ނޫސް

ލޯކަލް ކައުންސިލް އިންތިޚާބާއ، ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ފެށުމަށް އެ ދުވަހަށް ވެފައިވަނިކޮށް، ސަރުކާރުން ފެށި މާލެ ޓެކްސީ ލައިންގެ ޚިދުމަތް މިހަފްތާގައި ހިލޭ ދިނުމަށް ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ހިންގާ މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެމްޓީސީސީން މިއަދު ބުނެފައި ވަނީ، މިއަދުން ފެށިގެން އޭޕްރީލް މަހުގެ 9ވާ ބުރާސްފަތި ދުވަހާއި ހަމައަށް، މާލޭ ޓެކްސީ ޚިދުމަތުން ކުރާ ދަތުރުތަަކަށް ފީ ނުނަގާނެ ކަމަށެވެ. އޭގެ ބޭނުމަކީ، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުން ކަމުގައިވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނެފައި ވަނީ، ހިލޭ ދަތުރުކުރުމަށް ހަމަޖައްސާފައި މި މުއްދަތުގައި ޓެކްސީ ހަމަޖައްސާނީ، 1655 ހޮޓްލައިނަށް ގުޅައި ދަތުރުތައް ބުކްކުރާ ފަރާތްތަކަށް ކަމަށެވެ.

އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުންދޭ ޚިޔާލުތައް ބަލައިގަންނާނެ ކަމުގައިވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް