ޚާމަނާއީ ޝަހީދުވެފައި ވާކަން އީރާނުގެ ޤައުމީ ޓީވީން އިޢުލާނުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޝަހީދުކޮށްލި އީރާނުގެ ރޫޙީ ލީޑަރު އާޔަތުއްﷲ ޢަލީ ޚާމަނާއީ ---
އިޒްރާއީލާއި އެމެރިކާއިން އިއްޔެ އީރާނަށް ދިން ކުއްލި ހަމަލާގައި، އީރާނުގެ ރޫހީ ލީޑަރު އާޔަތުއްﷲ ޢަލީ ޚާމަނާއީ ޝަހީދުވެފައިވާކަން އީރާންގެ ޤައުމީ ޓީވީން ކަށަވަރުކޮށްދީފިއެވެ.
ޚާމަނާއީ ޝަހީދުވީ، އިއްޔެ ހެނދުނު އިޒްރާއީލާއި އެމެރިކާ ގުޅިގެން ތެހެރާނުގައި ހުންނަ، ޚާމަނާއީގެ ގެކޮޅާއި ސަރުކާރުގެ އޮފީސްތަކަށް ދިން ހަމަލާތަކުގައެވެ.
އީރާނުގެ ރޫޙީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ، އުފަންވެވަޑައިގެންނެވީ 19 އޭޕްރީލް 1939ގައި އީރާންގެ ޚުރާސާންގެ މަޝްހަދުގައެވެ.
އީރާންގެ ރޫޙީ ލީޑަރުގެ މަޤާމަށް ޚާމަނާއީ ޢައްޔަނު ކުރެއްވުނީ، 4 ޖޫން 1989ގައި، އީރާނުގެ ދީނީ އިންޤިލާބީ ލީޑަރު، އަދި އީރާނުގެ ފުރަތަމަ ރޫޙީ ލީޑަރު، އާޔަތުﷲ ރޫޙުﷲ ޚުމައިނީ 3 ޖޫން 1989ގައި އަވަހާރަވުމުންނެވެ.
ޚާމަނާއީއަކީ، އީރާންގެ 3 ވަނަ ރައީސްވެސްމެއެވެ. 1981 އިން 1989އަށް އީރާންގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައި ވަނީވެސް ޚާމަނާއީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް