classified
ރާއްޖެ

މާފަންނުގައި ހުރި ޑްރަގު ކެފޭއެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާފަންނުގައި ހުރި ޑްރަގު ކެފޭއެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފި

މ. ލޭންޑްއޮފްގާރޑަން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ 13 ޖުލައި 2026 އިން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކަށް -- ފޮޓޯ: ފުލުހުން

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން، މާފަންނުގައި މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ "ޑްރަގު ކެފޭ"އެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކޯޓުން މި އަމުރު ނެރެފައިވަނީ މ. ލޭންޑްއޮފްގާރޑަން ބަންދުކުރުމަށް ކަމަށެވެ، އެތަން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ 13 ޖުލައި 2026 އިން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި މި އަހަރު މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން އިތުރު ފަސް ތަނެއް ބަންދުކުރުމަށް ވަނީ ކޯޓުން އަމުރުކޮށްފައެވެ. އެއީ؛

  • ހ. ގުންޒަރު: 6 މެއި 2026 އިން 3 އޮގަސްޓު 2026 އަށް

  • މ. ތަރިވިލާގެ: 22 މެއި 2026 އިން 22 އޮގަސްޓު 2026 އަށް

  • މ. އަމީރާމަންޒިލް ގެ ބައެއް: 1 ޖޫން 2026 އިން 1 ސެޕްޓެމްބަރު 2026 އަށް

  • މއ. ސެވަން އެންޑް ހައުސް: 11 ޖޫން 2026 އިން 9 ސެޕްޓެމްބަރު 2026 އަށް

  • ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ 1 ކޮޓަރި): 25 ޖޫން 2026 އިން 24 ސެޕްޓެމްބަރު 2026 އަށް

ފުލުހުންގެ އިދާރާއިން އިތުރަށް ވިދާޅުވީ ކޯޓު އަމުރުގެ ދަށުން ބަންދުކުރެވޭ ތަންތަނަށް އެ އަމުރުގެ މުއްދަތުގައި ހުއްދަ ނެތި ވަނުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި އެފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް