Post banner
ރާއްޖެ

އަލިފާނުގެ ހާދިސާ ހިނގި ފްލެޓްގައި ދިރިއުޅުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަލިފާނުގެ ހާދިސާ ހިނގި ފްލެޓްގައި ދިރިއުޅުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓް --- ފޮޓޯ: އެންޑީއެމްއޭ

ހިޔާ 8 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގެ ބަދިގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ފްލެޓްގައި ދިރިއުޅުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ހިޔާ H8-19-06 އެޕާންޓްމަންޓްގައެވެ. އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ސަބަބުން އެޕާޓްމަންޓްގައި ދުމުގެ އަސަރު ބޮޑުވެ، މިވަގުތު ދިރިއުޅެން އެކަށީގެންނުވާތީ، އެތަން ސާފުކޮށް ނިމެންދެން އެ ގޭގައި ދިރިއުޅޭ 5 ދިވެެއްސަކަށް 3 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަކިކަމާއި ކެއިންބުއިމުގެ އިންތިޒާމް އެއޮތޯރިޓީގެ ފަރާތުން ހަމަޖައްސައިދީފައިވާކަމަށެވެ.

އަލިފާނުގެ މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް