Post banner
ރާއްޖެ

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިރޭ މާލެ އަންނަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިރޭ މާލެ އަންނަނީ

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މާލެއައުމަށް ފުރުން --- ފޮޓޯ: މޯލްޑިވްސް ހައްޖުމިޝަން

ދިވެހިރާއްޖެއިން މިއަހަރި ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ގުރޫޕް މިއަދު ރާއްޖެއައުމަށް ފުރައިފިއެވެ.

ދިވެހި ހައްޖުވެރިން ރާއްޖެ އަންނާނީ މަދީނާ އެއާޕޯޓުން ފުރައިގެންނެވެ. ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިހާރުވަނީ މަދީނާއިން ރާއްޖެއަށް ފުރާފައި ކަމުގައި، މޯލްޑިވްސް ހައްޖު މިޝަން އިން ވަނީ ހާމަކުރައްވާފައެވެ. ހައްޖުވެރިންގެ ފުރަތަމަ ޤުރޫޕް މާލެ އަންނަނީ ސައުދިއާ އެއާލައިންގެ ފްލައިޓެއްގައެވެ. މިފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައި ވަނީ މިރޭގެ 8:00ގައެވެ.

ސައުދިއާގެ އިތުރުން ހައްޖުވެރިން ދެން ދަތުރުކުރަނީ، ޤައުމީ އެއާލައިން މޯލްޑިވިއަންގައެވެ. މިގޮތުން ދެވަނަ ފްލައިޓް ޖޫން 8ވަނަ ދުވަހު މަދީނާގަޑިން ހެނދުނު 9:40ގައި ފުރާއިރު، އެފްލައިޓް މާލެއަށް ޖައްސާނީ، ރާއްޖޭގަޑިން އެދުވަހުގެ ހަވީރު 5:40 ގައެވެ.

މިއަހަރު ރާއްޖެއިން 1000 ވުރެ ގިނަ މީހުން ހައްޖަށް ދިޔައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް