ދީނި ޢިލްމުވެރިންނާއި ޚަޠީބުންނާއި އިމާމުންނަށް ޚާއްޞަ ހެދުމެއް ފަރުމާކުރަން ބޭނުންވާކަން މިނިސްޓަރ ހާމަކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޒުވާން ޚަތީބުން --- ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ރާއްޖޭގެ އިލްމުވެރިންނާއި ޚަޠީބުން އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާއިރު ބޭނުންކުރައްވާނެ ދިވެހި ހެދުމެއް ފަރުމާކުރައްވަން ބޭނުނުްފުޅުވާކަމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ، މުޙައްމަދު ޝަހީމް ޢަކީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރ ޝަހީމް ވިދާޅުވީ، ރާއްޖޭގެ އިލްމުވެރިންނާއި ޚަޠީބުން އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާއިރު ޢާއްމުކޮށް ތުރުކުރައްވައި އުޅުއްވަނީ މިޞްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ހެދުންކޮޅެއް ކަމަށެވެ، އެހެންކަމުން ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް މިފަދަ ހެދުންކޮޅެއް އިމާމުންނަށް ފަރުމާކުރެވިއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެކަމުގައިވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
އެހެންވެ އެމަނިކުފާނު އެދިވަޑައިގަންނަވަނީ، މިފަދަ ފޭރާންކޮޅެއް އިމާމުންނަށް ފަރުމާކުރުމުގައި ތާރީޚާއި ސަޤާފަތުގެ ފަންނުވެރިން އެހީތެރި ވެދެއްވުން ކަމުގައިވެސް މިނިސްޓަރ ޝަހީމް ވަނީ ވިދާޅުވެފައެވެ. މިގޮތަށް ފަރުމާކުރެވޭ ފޭރާންކޮޅަކަށް މިނިސްޓްރީއިން ތާއިދުކުރައްވާނެ ކަމުގައިވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ފަދަ ފޭރާންކޮޅެއް ފަރުމާކުރުމަށް ހުޅުވާލަން ވެސް ގަސްތުކުރައްވާކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އިމާމުވެ ނަމާދު ކުރައްވާއިރު ތާކިހާކޮޅުވެސް ހިމެނޭހެން ތުރުކުރައްވާނެ ޑްރެސް ކޯޑެއް ރާއްޖޭގެ އިމާމުންނަށް އޮތުމަކީ ރަނގަޅުކަމެއް ކަމުގައިވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް