Post banner
ރާއްޖެ

ރެޖިސްޓްރީ ނުކުރާ ދަރިވަރުންނަށް ސަނަދު ދޫކޮށްގެން އެވިޑްކޮލެޖު ޖޫރިމަނާކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރެޖިސްޓްރީ ނުކުރާ ދަރިވަރުންނަށް ސަނަދު ދޫކޮށްގެން އެވިޑްކޮލެޖު ޖޫރިމަނާކޮށްފި

އެވިޑްކޮލެޖުގެ ގްރެޖުއޭޝަން ރަސްމިއްޔާތެއްގެ ތެެރެއިން -- ފޮޓޯ: އެވިޑްކޮލެޖު ފޭސްބުކް

އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއްގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އެކޮލެޖު ޖޫރިމަނާކޮށްފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވިދާޅުވީ، މިއީ އެމައްސަލަ ފާހަގަވި ދެވަނަ ފަހަރުކަމަށާއި، އެހެންކަމުން، މިކަން ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް އަންގައި، މި އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖް މިހާރު ވާނީ ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެކަމަކު އެކޮލެޖު ޖޫރިމަނާކުރީ ކިހާ އަދަދަކުން ކަމެއް އެމްކިއުއޭއިން ހާމަކުރައްވާފައެއް ނުވެއެވެ.

އެމްކިއުއޭއިން ވިދާޅުވީ، އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން، މިއަހަރުގެ ކުރީކޮޅުވެސް އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އެޅި ކަމަށެވެ.

އެމްކިއުއޭއިން ވިދާޅުވީ، އެ އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި، އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ޚިލާފަށް ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ މަނާކަމަކަށް ވާއިރު، އެކަމުގެ ސަބަބުން  ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާމެދު ބައިނަލްއަޤުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށެވެ. އެހެންކަމަށް ވުމާއެކު، އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ ހިންގުމުގެ ކުރިން، އެއީ އެ އޮތޯރިޓީން ހުއްދަދީފައިވާ ޕްރޮގްރާމެއްކަން ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އިލްތިމާސްކުރާކަމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް