Post banner
ރާއްޖެ

ތަކެތީގެ އަގުބޮޑުވެއްޖެކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމުގައި މިނިސްޓަރ ސައީދު ވިދާޅުވުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތަކެތީގެ އަގުބޮޑުވެއްޖެކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމުގައި މިނިސްޓަރ ސައީދު ވިދާޅުވުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ---- ފޮޓޯ: އިކޮނޮމިކް މިނިސްޓްެރީ

ރާއްޖޭގައި އިންފްލޭޝަން މަތިވެ ތަކެތީގެ އަގުތައް ބޮޑުވެފައިވާކަމަށް ބުނެ ދައްކާ ވާހަކަތައް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ދޮގު ކުރެއްވުމުން، އާއްމުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ތަކެތީގެ އަގުތައް ބޮޑުވެއްޖެ ކަމަށް ބުނެ އަންނަ ހަފްތާގެ ބުދަ ދުވަހު އެމްޑީޕީން، މުޒާހަރާއެއް ބާއްވަން ތައްޔާރު ވަމުން އަންނައިރު، މިނިސްޓަރ ސަޢީދު މިހެން ވިދާޅުވެފައި ވަނީ، އެކަމަށް ރައްދު ދެއްވައި މިނިސްޓަރ ސަޢީދުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ޙިއްޞާކުރެއްވި މެސެޖެއްގައެވެ.

އޮގަސްޓް 12 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަން ނިންމާފައިވާއިރު، މިނިސްޓަރ ސަޢީދު އާއްމުކުރެއްވި ވީޑިއޯގައި ވިދާޅުވެފައި ވަނީ، ކޮންމެ އަހަރެއްގެ އޮގަސްޓް 12 އަދި 13ގައި އެމްޑީޕީ ޓްރިގާވާ ކަމެވެ. އަދި ތަކެތީގެ އަގު ބޮޑުވެއްޖެކަމަށް ދައްކާވާހަކައަކީ އެއްވުން ޕްރޮމޯޓް ކުރުމަށް ހަދާ ދޮގެއް ކަމުގައި މިނިސްޓަރ ސަޢީދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ސަޢީދު ވަނީ، ސިންގަޕޫރަށް ވުރެވެސް ރާއްޖޭގައި ބައެއް ތަކެތި އަގުހެޔޮކަން ފާހަގަކުރައްްވާފައެވެ. އޭގެ ތެރޭގައި ތެޔޮ ހިމެނެއެވެ.

ރާއްޖޭގެ އާއްމު ގޭބިސީތަކުގައި ކެއުމަށް ބޭނުންކުރާ، ސަރުކާރުން އަގުކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތައް ފިޔަވައި އެހެން ހުރިހާ ބާވަތްތަކެއްގެ އަގު މިފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އޭގެ ތެރޭގައި ކިރާއި ކައްކާތެލާއި، ނޫޑްލުސް އަދި ރޯމޭވާ އާއި ތަރުކާރީގެ ބާވަތްތައްވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް