Post banner
ދުނިޔެ

ނެޕާލުގެ ޓަނަލެއްގެ ތެރެއިން 9 ދުވަސް ފަހުން ދެ މީހުން ސަލާމަތްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނެޕާލުގެ ޓަނަލެއްގެ ތެރެއިން 9 ދުވަސް ފަހުން ދެ މީހުން ސަލާމަތްކޮށްފި

ނޭޕާލުގެ ޓަނަލެއްގެ ތެެރެއިން މީހުން ސަލާމަތް ކުރުން ---

މި ދިޔަ މަހުގެ 26 ވަނަ ދުވަހު، ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ބޮޑު ފެންބޮޑުވުމުގެ ހާދިސާގައި، ޓަނަލެއްގައި ތާށިވި، ގިނަ އަދަދެއްގެ މީހުންގެ ތެރެއިން 2 މީހަކު، ދިރި ތިއްބައި އިއްޔެ ސަލާމަތްކޮށްފިއެވެ.

9 ދުވަސް ފަހުން، ދިރި ތިބި ދެމީހަކު ސަލާމަތް ކުރެވިފައި ވަނީ، ތްރިޝޫލީ 3އޭ ހައިޑްރޯޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ކުރިޔަށްދާ ޓަނަލުގެ ތެރެއިންނެވެ. އެޓަނަލުގައިވެސް އެތައް ބަޔަކު ތާށިވެފައިވާނެ ކަމަށް ބެލެވިފައިވެއެވެ. އެއީ ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުގެ ބިމު އަޑިގެ ޓަނަލެކެވެ. އެޓަނަލުގެ ތެރޭގައި އަދިވެސް 30އަށް ވުރެ ގިނަ މީހުން ވާނެ ކަމަށް ވަނީ ބެލެވިފައެވެ.

9 ދުވަސް ފަހުން ދިރިތިބި 2 މީހަކު ސަލާމަތް ކުރެވުމާއި، އެކު އަދިވެސް ޓަނަލުތަކުގެ ތެރޭގައި ދިރިތިިބި މީހުން ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ނޭޕާލުގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ފެންބޮޑުވުމުގެ ހާދިސާ އާއި ގުޅިގެން، މަސައްކަތްތައް ހިނގަމުން ދިޔަ 7 ޓަނަލެއްގައި މަދުވެގެން 150 ވުރެ ގިނަ މީހުން ވަނީ ތާށިވެފައެވެ.

ފެން ބޮޑުވުމުގެ ހާދިސާ އާއި ގުޅިގެން 1100 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައި ވާއިރު، 5300 ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކަށް ނިސްބަތްވާ 300 ވުރެ ގިނަ މީހުންވެސް ހިމެނެއެވެ.

މި ދިޔަ މަހުގެ 26 ވަނަ ދުވަހު، ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި ކުއްލިއަކަށް ފެނުގެ ސައިލެއް އުފެދުނީ، ހިމާލިޔާ ފަރުބަދަ މަތީގައި އެތައް މިލިއަން އަހަރެއްވާންދެން ގަނޑުވެފައި ހުރި ބޮޑެތި ގަނޑުފެންގަނޑުތަކުން ބައެއް ކުއްލިއަކަށް ކަނޑައިގެން ގޮސް ކޯރަށް ވެއްޓުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް