classified
ރާއްޖެ

އެކްސިޑެންޓްވުމުން ފިލި ދޯނި ހޯދަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެކްސިޑެންޓްވުމުން ފިލި ދޯނި ހޯދަނީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ ކައިރީގައި ހިނގި ކަނޑުމަތީގެ އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް ފުލުހުންގެ ފަރާތުން އެދިއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ މި އެކްސިޑެންޓް ހިނގާފައި ވަނީ، ހިންމަފުށިން ފުރައިގެން މާލެއައި، "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އެހެން އުޅަނދެއް ޖެހިގެންނެވެ. އެހެން ނަމަވެސް އެކްސިޑެންޓް ވުމުން އަނެއް އުޅަނދު ވަނީ މަޑުނުކޮށް ގޮސްފައި ކަމުގައި ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައި ވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް