ޤަވާއިދާއި ޚިލާފަށް ބަނގުރާ ގެންގުޅު ބިދޭސީންތަކެއް ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޤަވާއިދާއި ޚިލާފަށް ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުން -- ފޮޓޯ: ފުލުހުން
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި މާލެއިން ބިދޭސީ ހަމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އެ މައްސަލައިގައި ހައްޔަރުކުރި އެންމެންނަކީވެސް ނޭޕާލަށް ނިސްބަތްވާ މީހުންނެވެ. އެހަމީހުންގެ ތެރެއިން އެކަކީ އަންހެނެކެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހުން ހައްޔަރުކޮށްފައި ވަނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ޑިސެމްބަރުމަހުގެ28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް މާލެ، މާފަންނުގައި ހުރި ކެފޭއަކާއި ގެއެއް ބަލައިފާސްކޮށްފައި ވާއިރު އެތަންތަނުގެ ތެރެއިން ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ 21 ފުޅި ފެނިފައިވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޗައުދަރީ ސްރެންދްރަ (43އ) އާއި ސުގަންދަ ކުމާރު ޗައުދަރީ (28އ) އާއި ޗައުދަރީ (24އ) އާއި މަކަރް ބަހާދުރް ޓަމަންގް (27އ) އާއި ބިޝްވަނާތް ޗައުދަރީ (37އ) އާއި ރަމްރި މާޔާ ވައިބާ (27އ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް