ބޮޑުތަކުރުފާނު މަގުގައި އެންމެފަހުން ހެދިބައި އާއްމު ޓްރެފިކަށް ހުޅުވާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްޓީސީސީ އާއި ހަވާލުކޮށްގެން ތަރައްޤީކުރި، ބޮޑު ތަކުރުފާނު މަގުގެ އުތުރުބައި އާއްމު ޓްރެފިކަށް ހުޅުވާލައިފިއެވެ.
އެމަގު އާއްމުޓްރެފިކަށް ހުޅުވާލީ މިއަދު ހަވީރުން ފެށިގެންނެވެ.
މިމަގު ތާރުއަޅައިގެން އަލުން ތަރައްޤީކުރި އިރު، ހަތަރުލޭނަށް މަގު ފުޅާކޮށްފައި ވަނީ، މާލޭގެ ފަޅުތެރެއިން ބައެއް ހިއްކައިގެންނެވެ. އެންމެފަހުން ތަރައްޤީކުރި އެމަގުގެ ބަޔަކީ، 2 ނަމްބަރު ފާލަމުން ފެށިގެން، ހެންވޭރު ފެރީޓާމިނަލާއި ހަމައަށް އޮތް ސަރަހައްދެވެ.
މަގު ފުޅާކޮށް އަލުން ހުޅުވާލިއިރު، އެމަގުގައި ފަޅުތެރެއަށް ވާގޮތަށް ހަދާފައިވާ ޕާކިންގ ޒޯން ފިޔަވައި އެމަގުގެ އެހެން ސަރަހައްދުތަކުގައި އެއްގަމު އުޅަނދުފަހަރު ޕާކު ކުރުން ވަނީ މަނާކޮށްފައެވެ. އެޕާކިންގ ޒޯނުގައި އެއްފަހަރާ 500 ވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ކަމުގައި އެމްޓީސީސީން ވަނީ ބުނެފައެވެ.
މާލޭގެ ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރި އިރު، މާލެއަށް ދަތުރުކުރާ އަތޮޅު ތެރޭގެ ފެރީލޯންޗުތައް ތޮއްޖެހޭ މައްސަލަ ވަނީ މިހާރު ބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް