classified
ރާއްޖެ

މަސްތުވެގެން ތިބެ މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަސްތުވެގެން ތިބެ މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލެ ޕޮލިސް ---

މަސްތުގެ ހާލަތުގައި ތިބެ އަޑުގަދަކޮށް މާރާމާރީ ހިންގި މައްސަލައެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންނާއި އުމުރުން 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުންކަމަށެވެ. އެ އެންމެންނަކީވެސް ދިވެހިން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ، 2026 ޖޫން 27 ވަނަ ދުވަހުގެ ހެނދުނު 6:05 އެހާކަންހާއިރުގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާނެ ހެކިތައް ވަނީ އެއްކޮށްފައެވެ. މީގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ހިމެނެނޭ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް