އެމެރިކާއިން ކޮލަމްބިއާއަށް ހަދިޔާކުރި އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 66 ސިފައިން މަރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވެއްޓުނު ކޮލަމްބިއާ އަސްކަރިއްޔާގެ ހާކިއުލީސް ސީ-130ގެ ބޯޓުގައި ރޯވެ އަނދަނީ --- ފޮޓޯ: ގަތަރް ނިއުސް އޭޖެންސީ
އެމެރިކާއިން ކޮލަމްބިއާއަށް ހަދިޔާކުރި އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި، އެބޯޓުގައި ތިބި 66 ސިފައިން މަރުވެއްޖެއެވެ.
މިހާދިސާ ހިނގީ، ޕުއެޓޯ ލެގީސާމޯ އެއާޕޯޓުން ބޯޓު ނައްތާލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ބޯޓު ވެއްޓުނު އިރު އޭގައި ޖުމުލަ 128 މީހުން ތިބިކަމަށް ކޮލަމްބިއާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައި ވެއެވެ. އޭގެ ތެރޭގައި 11 ކުރޫއިންވެސް ހިމެނެއެވެ.
ބޯޓު ވެއްޓުނީ، ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާޢަތެއްގެ ހަމަލާއެއްގައި ކަމެއް ނުވަތަ، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމެއް އަދި ނޭނގެއެވެ. ބޯޓު ވެއްޓުނު އިރު ބޯޓުގައި ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެތި ހުއްޓެވެ، އެހެންވެ ބޯޓު ވެއްޓި ބިމުގައި ޖެހުމާއި އެކު ބާރު ގޮވުމެއް ގޮވައި ވަރަށް ގަދަޔަށް ހުޅުރޯވިއެވެ.
އަސްކަރީ މި މަތިންދާބޯޓުން ދަތުރުކުރި ސިފައިންގެ ތެރެއިން 57 މީހަކު ސަލާމަތް ކުރެވުނު ކަމަށް، ކޮލަމްބިއާގެ ސިފައިންގެ ވެރިޔާ ވަނީ ބައިނަލްއަޤުވާމީ މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.
ކޮލަމްބިއާގެ އަސްކަރިއްޔާއިން ބޭނުން ކުރަމުން އައި، ހާކިއުލީސް ސީ-130ގެ މި މަތިންދާ ބޯޓަކީ، އެމެރިކާއިން 2020 ވަނަ އަހަރު ކޮލަމްބިއާގެ އަސްކަރިއްޔާއަށް ހަދިޔާކުރި ބޯޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް