މިހާރު ކުރިޔަށްގެންދަން ރާވާފައިވާގޮތަށް ރަސްމާލެ މަޝްރޫޢު ކުރިޔަށް ނުގެންދިޔުމަށް ކުރީގެ ރައީސް އިބޫ ގޮވާލައްވައިފި
ލިޔުންތެރިޔާ
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް --- ފޮޓޯ: އެމްޑީޕީ
ރަސްމާލެ މަޝްރޫޢު މިހާރު މިސަރުކާރުން ކުރިޔަށް ގެންދަން އުޅޭ ގޮތަށް، ކުރިޔަށް ނުގެންދިޔުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އިލްތިމާސްކޮށްފިއެވެ.
ރަސްމާލެ މަޝްރޫއާގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާއިރު، އެކަންބޮޑުވުންތައް، ރައީސް އިބޫވެސް ވަނީ ތަކުރާރުކުރައްވާފައެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރަނގަޅު ވިޔަފާރި މުޢާމަލާތެއްގައި މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް ނުވަތަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށް ވެސް ފައިދާވާން ޖެހޭނެކަމަށެވެ. އެެހެން ނަމަވެސް މިހާރު މިސަރުކާރުން ރަސްމާލެ މަޝްރޫޢު ކުރިޔަށް ގެންދަނީ އެގޮތަށް ނޫންކަމުގައި ރައީސް އިބޫ ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް އިބޫ ވިދާޅުވީ، މިހާރު ރަސްމާލެ މަޝްރޫޢު ރޭވިފައިވާ ގޮތުން، އިންތިހާއަށް ފައިދާ ވަނީ، އީގަލްހިލްސްއަށް ކަމަށާއި، ރާއްޖެއަށް މާލީ ގޮތުން ލިބެންޖެހޭ ފައިދާ ލިބޭނެ ތަނެއް ނުފެންނަކަމަށެވެ. އަދި އީގަލްހިލްސްއަށް ހިލޭދޭ ބިމަކީ، ދިވެހި ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރުހޭދަކޮށްގެން ހިއްކާފައިވާ ބިމެއް ކަމާއި، އީގަލްހިލްސްއިން އަޅައިދޭނެކަމަށް ބުނާ 5000 ފްލެޓަކީވެސް، ދިވެހި ސަރުކާރުން ގަންނަން ޖެހޭ ފްލެޓްތަކެއް ކަމުގައިވެސް ކުރީގެ ރައީސް އިބޫވަނީ ފާހަގަކުރައްވާފައެވެ.
ރަސްމާލެ މަޝްރޫޢ އާއި ގުޅޭ ގޮތުން ރައީސް އިބޫވެސް ވިދާޅުވީ، މިހާރު ރާވާފައި އޮތްގޮތުން އެމަޝްރޫޢުގެ ސަބަބުން، މުސްތަޤުބަލުގައި މުޅި ޤައުމަށް ބޮޑެތި އެތައް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް