ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ
ލިޔުންތެރިޔާ
ބޭސް ފަރުވާއަށް އިންޑިއާގެ ތިރުވަނަންތަޕޫރަމް (ޓްރެވިންޑްރަމް)އަށް ދިޔަ ދޮށީ އުމުރުގެ މީހަކު ގެއްލިގެން ހޯދަމުންދާ ކަމުގައި އާއިލާއިން ހާމަކޮށްފިއެވެ.
އާއިލާގެ ފަރާތުން ރައްޔިތުންގެ ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނީ، ގެއްލިގެން ހޯދަމުންދާ، ރ. މީދޫ، އަތަމާގެ އަލީ އިބްރާހިމް (އައްޔަބެ) ބޭސްފަރުވާއަށް އިންޑިއާއަށް ގޮސްއުޅެނިކޮށް ގެއްލިފައި ވަނީ ރޭ ފަތިހުގައި ކަމަށެވެ. އޭނާގެ އެހީތެރިއެއްގެ ގޮތުަގައި އިންޑިއާށް ދިޔައީ އޭނާގެ ދަރިއެކެވެ.
ރޭ ފަތިހު، 5:30 އިން ފެށިގެން އައްޔަބޭގެ ޚަބަރެއް ނުވާކަމަށާއި، އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް މިއަދު 11:30ގައި ރިޕޯޓްކޮށްފައިވާ ކަމަށްވެސް އާއިލާއިން ބުނެފައި ވެއެވެ. އޭގެ އިތުރުން އިންޑިއާ ފުލުހުންނަށްވެސް ވަނީ އައްޔަބެ ގެއްލިގެން އުޅޭކަން އަންގާފައި ކަމަށް، އާއިލާގެ ފަރާތުން ރައްޔިތުންގެ ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.
އައްޔަބޭ ގެއްލުނު އިރު އޭނާ ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓަކާއި، މަޑުނޫކުލައިގެ މުންޑެއް ކަމަށްވެސް އާއިލާއިން ބުނެފައި ވެއެވެ. އައްޔަބޭ ފެނިއްޖެނަމަ ނުވަތަ އައްޔަބެއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ 9129561 ނަމްބަރަށް، ގުޅުއްވައި ނުވަތަ މެސެޖްކުރައްވައި މައުލޫމާތު ޙިއްސާކޮށްދިނުމަށް އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް