ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތުވާ މީހާ ހައްޔަރެއް ނުކުރޭ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ -- ފޮޓޯ: ރައްޔިތުންގެ ނޫސް
އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިމައްސަލައެއް ހުށައެޅި ބަލަމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
މިއީ ކުޑަކުއްޖަކު ޝާމިލްވާ މައްސަލައެއް ކަމުގައިވާތީ، އެމައްސަލައިގައި ތުހުމަތު ކުރެވުނު މީހާއަކީ ކާކުކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. މީގެ އިތުރުން ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ އިއްޔެ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ހުށައަޅާފައި ވަނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށަކުން ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންރަށެއް ކަމެއްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައެއް ނުވެއެވެ.
މީސްމީޑިއާގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، 13 އަހަރުގެ އަންހެންކުއްޖާއަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވިފައި ވަނީ، އަތޮޅުތެރޭގެ ރަށަކަށް ހުސްވި ރަމަޟާން މަހު، ހިފްޡުކޮށް ތަރާވީސް ކުރުމަށް ސަރުކާރުން ހަމަޖެއްސި ޕާކިސްތާނަށް ނިސްބަތްވާ ޙާފިޡަކަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންވެސް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް