Post banner
ދުނިޔެ

ޗާގޯސް މައްސަލައަކީ ރާއްޖެއާ ބެހޭ ކަމެއް ނޫން: އިނގިރޭސި ވިލާތް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޗާގޯސް މައްސަލައަކީ ރާއްޖެއާ ބެހޭ ކަމެއް ނޫން: އިނގިރޭސި ވިލާތް

ޗާގޯސްގެ އެންމެ ބޮޑު އަތޮޅު ޑިއޭގޯ ގާސިޔާ --

ޗާގޯސްގެ ސިޔާދަތީ މިލްކުވެރިކަމާއި މެދު އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައަކީ ދިވެހިރާއްޖެއާ ބެހޭ ކަމެއް ނޫންކަމުގައި އިނގިރޭސި ވިލާތުން ބުނެފިއެވެ.

އިނގިރޭސި ވިލާތުގެ ޚާރިޖީ އޮފީހުން މިހެން ބުނެފައި ވަނީ، ޗާގޯސްގެ މިލުކުވެރިކަމާއި މެދު ރާއްޖެއިން އަލަށް އުފައްދާފައިވާ ބަހުސާއި، އަދި ޗާގޯސް ކަނޑު އިޓްލޮސްއިން ބައިކޮށް ނިންމި ނިންމުމާއި ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވާފައިވާތީ، އެކަމާއި ގުޅިގެން ތުރުކީގެ އަނަދޮލޫ ނޫސް އެޖެންސީ ކުރި ސުވާލަށް ޖަވާބު ދެމުންނެވެ.

އިނގިރޭސި ޚާރިޖީ އޮފީހުން ބުނެފައި ވަނީ، ޗާގޯސްގެ މިލްކުވެރިކަމާއި މެދު އޮތް މައްސަލަ އޮތީ، އިނގިރޭސި ވިލާތާއި، މޮރިޝަސްއާއި ދެމެދުގައިކަން ކޯޓުތަކުގައްޔާއި އެނޫންވެސް ކަމާއި ގުޅުންހުރި އިދާރާތަކުން ނިންމާފައިވާ ނިންމުންތަކުން ހާމަވާނެ ކަމަށެވެ.

އިނގިރޭސީން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 17 ވަނަ ޤަރުނުގެ ތެރޭގައި އިންޑިއާކަނޑުގެ ސަރަހައްދުތައް އިސްތިޢުމާރު ކުރަމުން ދިޔައިރުގައެވެ. އަދި މޮރިޝަސް އުފެދުނީ، އޭރު އަޅުންގެ ގޮތުގައި އެޖަޒީރާތަކަށް ފަރަންސޭސީންނާއި ޑަޗްމީހުން އަދި އިނގިރޭސީން އެކި މަސައްކަތްތަކުގެ ގެންދިޔަ މީހުންނަށް މިނިވަންކަންދީ ވަކި ޤައުމުތަކެއްގެ ގޮތުގައި އެތަންތައް ވުޖޫދުކުރުމުންނެވެ. ސީޝެލްސް އާއި މޮރިޝަސް އަދި ރީޔޫނިއަންއަކީ އެގޮތަށް އުފަންވި ޤައުމުތަކެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ވަނީ، ޗާގޯސްގެ ސިޔާދަތީ މިލްކުވެރިކަން ލިބެން ޖެހޭނީ މޮރިޝަސްއަށް ކަމުގައި ކަނޑައަޅާފައެވެ. އެމައްސަލަ ހިނގަމުން ދިޔައިރުވެސް އަދި އޭގެ ކުރިންވެސް ދިވެހިރާއްޖެއިން ބައިނަލްއަޤުވާމީ އެއްވެސް ޕްލެޓްފޯމެއްގައި ޗާގޯސްގެ ރަށްތަކާއި މެދު ދައުވާއެއް ކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް