އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝާހިދު ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްޑީޕީގެ ރައީސްގެ މަޤާމުން ޢައްބްދުﷲ ޝާހިދު އިސްތިއުފާ ދެއްވައިފިއެވެ.
ޝާހިދުގެ ފަރާތުން ހާމަކުރައްވާފައިވާ ގޮތުގައި، ޕާޓީގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނިންމަވާފައިވާތީއެވެ. ރޭ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ޝާހިދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާކަން ރަސްމީކޮށް އިޢުލާނުކުރައްވާފައެވެ.
ޝާހިދު ވިދާޅުވީ، އެމަނިކުފާނު، ޕާޓީގެ ރައީސް ކަމުގެ މަޤާމުގައި މަސައްކަތް ކުރައްވަމުން ގެންދެވީ ޑިމޮކްރެސީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެހެންވެ އެމަޤާމުން އިސްތިއުފާ ދެއްވީ ރިޔާސީ ޕްރައި މަރީގައި ވާދަކުރެއްވުމަށް ނިންމަވާފައި ވާތީ ކަމުގައިވެސް ވިދާޅުވިއެވެ.
ޢަބްދުﷲ ޝާހިދުގެ އިތުރުން ދެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިޢުލާނު ކުރައްވާފައި ވަނީ، އެމްޑީޕީގެ ކުރީގެ ޗެއާ ޕަރސަން ފައްޔާޒު އިސްމާޢީލެވެ،
މީގެ އިތުރުން، ކުރީގެ ނައިބުރައީސް ފައިސަލް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދުވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އަޑުތަކެއް ފެތުރު އިނު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ނިންމާފައިވާ ކަމަށް މީޑިއާތަކުން ޚަބަރު ފަތުރާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް