Post banner
ރާއްޖެ •

މާދާމާ އުމްރާވެރިން ފުރުމަށް ހަމަޖެހިފައި އޮތް، މޯލްޑިވިއަންގެ ފްލައިޓް ކެންސަލްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާދާމާ އުމްރާވެރިން ފުރުމަށް ހަމަޖެހިފައި އޮތް، މޯލްޑިވިއަންގެ ފްލައިޓް ކެންސަލްކޮށްފި

ޢުމްރާވެރިން މޯލްޑިވިއަންގެ ފްލައިޓަށް އަރަނީ --- ފައިލްފޮޓޯ: މޯލްޑިވިއަން

ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކޮށްފާނެ މިންވަރަށް، މެދު އިރުމަތީގެ ހާލަތު ގޯސްވެފައިވާތީކަމަށް ބުނެ، ޢުމްރާވެރިން ޖިއްދާއަށް ގެންދިޔުމަށް، މާދަމާ ފުރުުމަށް ހަމަޖައްސާފައި އޮތް މޯލްޑިވިއަންގެ ފްލައިޓް ކެންސަލްކޮށްފިއެވެ.

މޯލްޑިވިއަންގެ ފެލައިޓްގެ ދަތުރު ފަސްކޮށްފައިވާކަން ބަޔާންކޮށް، އައިލެންޑް އޭވިއޭޝަނުން ބަޔާނެއް ނެރެފައި ވާއިރު، އެދަތުރު އަލުން ބާއްވާނެ ދުވަހެއް ހާމައެއް ނުކުރެއެވެ.

މޯލްޑިވިއަންއިން މާދަމާ ޖިއްދާއަށް ކުރަން އޮތް ދަތުރަކީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށްދާ ޢުމްރާވެރިން ގޮވައިގެން ފުރުމަށް ހަމަޖައްސާފައި އޮތް ފްލައިޓެކެވެ.

އައިލެންޑް އޭވިއޭޝަންއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުގެ މަސްރަޙު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، މިހާރު އޮތް ޙާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ޙާލަތެއްކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

އަދި މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ހައްޖުކޯޕަރޭޝަނާއި، މޯލްޑިވިއަންއިން ވެސް ފޯރުކޮށްދޭނެ ކަމަށާއި، މެދުއިރުމަތީގެ މަސްރަޙު ހަމަޔަކަށް އެޅި ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، ދަތުރު ކުރާނެ އައު ތާރީޚެއް ފަސިންޖަރުންނަށް އަންގާނެ ކަމަށްވެސް އައިލެންޑް އޭވިއޭޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް