ލޯންޗު އެކްސިޑެންޓްގައި 5 މީހަކަށް އަނިޔާވި: މެރިން ޕޮލިސް
ލިޔުންތެރިޔާ
އެކްސިޑެންޓްގައި އަނިޔާވި މީހަކު މާލެ ގެނައުން --- ފޮޓޯ: މެރިން ޕޮލިސް
މިރޭ ތުލުސްދޫކައިރީގައި އޮންނަ ކަނޑު އޮޅިމަތިން ދެލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި 5 މީހަކަށް އަނިޔާވެފައިވާކަމުގައި މެރިންޕޮލިސް އިން ވިދާޅުވެއްޖެއެވެ.
މެރިން ޕޮލިސްގެ ފަރާތުން ސޯޝަލްމީޑިއާގައި ޙިއްސާކޮށްފައިވާ މައުލޫމާތުގައި ބުނެފައި ވަނީ، މިރޭ 19:19 ހާއިރު ކ.ތުލުސްދޫ ކައިރިން 2 ލޯންޗް ޖެހި ނުރައްކާތެރި އެކްސިޑެންޓްވުމާއި ގުޅިގެން މެރިން ޕޮލިސް އިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި މިއެކްސިޑެންޓްގައި 5 މީހަކަށް އަނިޔާވުމާއި ގުޅިގެން ތުލުސްދޫ ޞިއްޙީމަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް މިހާރުކުރަމުން އަންނަ ކަމުގައިވެސް މެރިން ޕޮލިސްއިން ވިދާޅުވެފައި ވެއެވެ.
މިއެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ. އެހެން ނަމަވެސް އެކްސިޑެންޓްވި ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗަކީ، މާލެއިން ފުރައިގެން ކ. ތުލުސްދޫއަށް ދަތުރުކުރި ލޯންޗެއްކަން އެނގިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް