ތުލުސްދޫ ކައިރީގައި ލޯންޗް އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
ލިޔުންތެރިޔާ
މިރޭ ހިނގި ލޯންޗު އެކްސިޑެންޓް -- ފޮޓޯ: މެރިންޕޮލިސް
މާލެ އަތޮޅު ތުލުސްދޫ ކައިރީގައި ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކަނޑުމަތީގެ މިއެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭގެ 19:58 ހާއިރުގައި ކަމަށެވެ. މި އެކްސިޑެންޓް ހިނގައިފައިވަނީ ތުލުސްދޫ ކައިރީގައި އޮންނަ ކަނޑުއޮޅި ހިމެނޭ ސަރަހައްދުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.





މިހާދިސާގައި ދެމީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައި ވާއިރު، އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެއެވެ. މީގެ އިތުރުން އެލޯންޗުތަކުގައި ކިހައި މީހުންނެއް ދަތުރިކަމެއްވެސް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
މާލެ އަތޮޅުތެރޭގައި ހިނގާ، ލޯންޗު އެކްސިޑެންޓްތައް ފަހަކަށް އައިސް އަންނަނީ އިތުރު ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް