ހަފްތާއެއް ކުރިން ކުރި މުޒާހަރާއެއްގައި ފުލުހުންގެ ބެރިކޭޑުން އެތެރެއަށް ވަތްކަމަށް ބުނެ ޝާމިން ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޝާމިން އަތުގައި ބިޑިއަޅުވާފައި --- ފޮޓޯ: ސޯޝަލްމީޑިއާ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މީގެ އެއްހަފްތާ ކުރިން ކުރި މުޒާހަރާއެއްގެ ތެރޭގައި، ފުލުހުން ޖެހި ބެރިކޭޑަކުން އެތެރެއަށް އެމްޑީޕީގެ އެކްޓިވިސްޓު މުހައްމަދު ޝާމިން ވަދެފައިވާ ކަމަށް ބުނެ ފުލުހުން މިއަދު އޭނާ ހައްޔަރުކޮށްފިއެވެ.
ޝާމިން އެއާޕޯޓުގައި ހުއްޓައި، ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ، ކޯޓު އަމުރެއްގެ ދަށުންނެވެ. ޝާމިންގެ ވަކީލުން ހާމަކުރައްވާފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ އޯގަސްޓު 28، ގެ ރޭ އެމްޑީޕީން ކުރި މުޒާހަރާގައި، ފުލުހުން ޖަހާފައި ހުރި ބެރިކޭޑު ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ.
މިއަހަރުގެ މެއި މަހުގެ ތެރޭގައިވެސް މުޒާހަރާއެއްގެ ތެރެއިން ފުލުހުން ޝާމިން ހައްޔަރުކޮށް ގިނަ ދުވަސްތަކަކު ބަންދުގައި ބެހެއްޓިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް