އަމާން އުދަރެސްގެ ޓަވަރަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެފްޑީސީގެ ޓަވަރުތައް --- ފޮޓޯ: ރައްޔިތުންގެ ނޫސް
ހުޅުމާލެ ފޭސް 2، އަމާން އުދަރެސް 8 ވަނަ ޓަވަރުން ވެއްޓުނު ޒުވާނަކު މަރުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެއީ އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނެއް ކަމަށާއި، އޭނާ ވެއްޓިފައި ވަނީ އެ އިމާރާތުގެ 15 ވަނަ ބުރިންކަމަށެވެ.
އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމުގައި، ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އެޒުވާނާ އިމާރާތުން ވެއްޓުނު ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު މެންދުރުފަހު 14:26 ހާއިރުގައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
މިހާދިސާ ފުލުހުން އަންނަނީ ތަޙްޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް