Post banner
ރާއްޖެ

އެމްޕީއެލްގެ ސީއީއޯ ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްޕީއެލްގެ ސީއީއޯ ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

ދަފްތަރު ނަންބަރ ރސ 2861، އަލްފާޟިލް ޙުސެއިން ޝަފީޤު ---

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ، ބޯޑު މެންބަރުކަމުގެ މަޤާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.

މި މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ، ދަފްތަރު ނަންބަރ ރސ 2861، އަލްފާޟިލް ޙުސެއިން ޝަފީޤު ކަމުގައި ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކުރައްވާފައި ވެއެވެ.

ޝަފީޤަކީ މިސަރުކާރުގައި އެމްޕީއެލްގެ ސީއީއޯގެ މަޤާމަށް ޢައްޔަނުކުރެވުނު 3 ވަނަ ބޭފުޅާއެވެ. މިސަރުކާރުގައި އެންމެ ފުރަތަމަ އެމްޕީއެލްގެ ސީއީއޯގެ މަޤާމަށް ޢައްޔަނުކުރެއްވީ، މުހައްމަދު ވަޖީހުއެވެ. 28 ނޮވެމްބަރު 2023ގައި އޭނާ އެމަޤާމަށް ޢައްޔަނުކުރެއްވި އިރު، މަޤާމުން ވަކިކުރައްވާފައި ވަނީ، 02 ފެބުރުއަރީ 2025 ގައެވެ. އޭގެ ފަހުން އެމަޤާމަށް ޢައްޔަނުކުރެއްވީ، ފުލުހުންނާއި ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރެއްވި، މުޙައްމަދު ރިޝްވާނެވެ. އޭނާ މަޤާމުން އިސްތިުއުފާ ދެއްވާފައި ވަނީ، މި އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގައެވެ.

އެމްޕީއެލްއަށް ޙުސައިން ޝަފީޤު މިއަދު ޢައްޔަނުކުރެއްވި އިރު، އެކުންފުނީގެ ހާލަތު އޮތީ ގޯސްކޮށެވެ. މީގެ އިތުރުން މާލޭ ވިޔަފާރިިބަނދަރަށް މުދާ ނުބޭލި ލަސްވުމުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި އިޤުތިޞާދީ އިތުރު ދަތިތަކާއި އަންނަނީ ކުރިމަތި ވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް