ފަތުރުވެރިން އަންނަ އަދަދު އިތުރުވާން ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން --- ފޮޓޯ: ރައީސް އޮފީސް
ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެގެން ދިޔުމަށްފަހު، ފަތުރުވެރިން ރާއްޖެއަންނަ އަދަދު އިތުރުވާން ފަށާފައިވާ ކަމުގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެއެވެ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވީ، މާރިޗު މަހާއި އޭޕްރީލް މަހު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ދަށަށް ދިޔަ ކަމަށެވެ. މިގޮތުން މާރިޗު މަހު އެނިސްބަތް 22.5 އިންސައްތައަށް ދައްވިއިރު، އޭޕްރީލް މަހު އެނިސްބަތް 26.5 އިންސައްތަ ދަށްވިއެވެ. މޭމަހުގެ މިހިސާބައަށް ބަލާއިރު، ފަތުރުވެރިން ރާއްޖެއަށް އަންނަ އަދަދު ދަށަށް ގޮސްފައި ވަނީ 8.9 އިންސައްތައަށް ކަމުގައި މިނިސްޓަރ އަމީން ވިދާޅުވިއެވެ.
އަދި ފަތުރުވެރިކަން ދަށަށްދާ ނިސްބަތް މި މޭމަހު ކުޑަވުމަކީ، ލިބުނު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރ އަމީން ވަނީ ސިފަ ކުރައްވާފައެވެ.
އިޒްރޭލާއި އެމެރިކާއިން ފެބުރުއަރީމަހުގެ 29 ވަނަ ދުވަހު އީރާނާއި ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، މުޅި މެދުއިރުމަތީގެ ދަތުރުފަތުރު ހުއްޓި ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. އެތައް ސަތޭކަ ފްލައިޓެއް ކެންސަލްވެ ރާއްޖެއަށް ޒިޔާރަތްކުރުމަށް ބުކިން ހަދާފައިވާ އެތައް ހާސްފަތުރުވެރިންނެއް ބުކިންގތައް ކެންސަލްކުރިއެވެ.
ހަނގުރާމައިގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ގެއްލުން 500 މިލިއަން ޑޮލަރަށް ވުރެމަތި ކަމުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް