classified
ރާއްޖެ

ހުޅުމާލޭގައި މާރާމާރީ ހިންގި މައްސަލައިގައި އެކަކު ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލޭގައި މާރާމާރީ ހިންގި މައްސަލައިގައި އެކަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 3 __ ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުމާލޭ ފޭސް 3ގައި ހިނގި މާރާމާރިއަކާއި ގުޅިގެން އަނިޔާވި އެކަކު، ހޮސްޕިޓަލުން ދޫކޮށްލުމުން ހައްޔަރުކޮށްފިއެވެ.

މިމާރާމާރީ ހިނގާފައި ވަނީ، އުމުރުން 34 އަހަރުގެ މީހަކާއި، އުމުރުން 21 އަހަރުގެ މީހަކާއި ދެމެދުގައެވެ. އެދެމީހުންނަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފައި ވާއިރު އުމުރުން 21 އަހަރުގެ މީހާ ހޮސްޕިޓަލުން ދޫކޮށްލުމާއި އެކު މިހާރު ހައްޔަރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ނުރަސްމީ ފަރާތްތަކުން މައުލޫމާތު ލިބުނު ގޮތުގައި، މިމާރާމާރީގައި ދެން ހިމެނޭ އަނެއް މީހާއަކީ، ނޫސްވެރިޔާ ރިޟުވާނު ވަގަށް ނަގައި މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވުނު އަދި މިހާރު އެޗްޑީސީގައި ވަޒީފާ އަދާކުރަމުން އަންނަ އުމުރުން 34 އަހަރުގެ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ)އެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މާރާމާރީ ހިނގާފައި ވަނީ، މިރޭ އިރުއޮއްސި 18:37 ހާއިރުގައި ފޭސް 3 ގެ ބިން ހިއްކާފައިވާ ސަރަހައްދުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް