ބޮޑު އީދު ބަންދަށް 9 ދުވަސް ލިބޭގޮތަށް އާދިއްތަ އާއި ހޯމަވެސް ސަރުކާރު ބަންދުކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަހަރުގެ ޢީދު ޗުއްޓީއަށް، ސަރުކާރު ބަންދު 9 ދުވަސް ލިބޭ ގޮތަށް، މުޅި ހަފްތާ ސަރުކާރު ބަންދުކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވިދާޅުވީ، މިހާރު ކަލަންޑަރުގަިއ ވާގޮތުން، ހައްޖު ދުވަހުގެ ކުރިން އަންނަ، މެއި މަހުގެ 24ވާ އާދީއްތަ ދުވަހާއި، 25ވާ ހޯމަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި މިގޮތަށް ހަމަޖެއްސެވީ، އަޟުހާ އީދު ބަންދާއި ގުޅިގެން ވީހާވެސް ގިނަ ދުވަސްތަކެއް އާއިލާ އާއި އެކު ހޭދަކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމުގައި އެދެންނެވުމުގައި ވަނީ ވިދާޅުވެފައެވެ.
މިގޮތަށް ހަމަޖެއްސެވުމާއި އެކު، މެއި 22 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް، ހަފްތާ ބަންދާއި އެކު މެދު ނުކެނޑި 9 ދުވަސް ސަރުކާރު ބަންދުވާނެއެވެ.
ޢީދު ބަންދަށް ފަހުގައި އަލުން ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، 2026 މެއި 31 ވާ އާދިއްތަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް