classified
ރަށްރަށުން

މަގުމަތީގައި ޖަހާފައިވާ ގަސްތައް ނެގުމުގެ މަސައްކަތް ކާށިދޫ ކައުންސިލުން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަގުމަތީގައި ޖަހާފައިވާ ގަސްތައް ނެގުމުގެ މަސައްކަތް ކާށިދޫ ކައުންސިލުން ފަށައިފި

މަގުތަކުގައި އިންދާފައި ހުރި ގަސްތައް ނެގުން ---

ކ. ކާށިދޫގެ މަގުތަކުގައި އާއްމުން އިންދާފައިވާ ގަސްތަކުގެ ތެރެއިން މަގަށް ދަތިވާގޮތަށް ހުރި ގަސްތައްް ނެގުމަށް ދީފައިވާ މުހުލަތު ހަމަވުމުން ގަސްތައް ނެގުމުގެ މަސައްކަތް ކައުންސިލުން ފަށައިފިއެވެ.

ކާށިދޫ ކައުންސިލުން ވިދާޅުވީ، ނަގަމުންދަނީ، މަގު ހިނގާ މީހުންނަށާއި އުޅަނދު ފަހަރު ދުއްވުމަށް ދަތިވާގޮތަށް އާއްމު ފަރާތްތަކުން ގޯތީގެ ބޭރުގައި އިންދާފައިވާ ގަސްތައް ކަމަށެވެ. އޭގެ ތެރޭގައި މުރަނގަ އާއި އެނޫންވެސް އެކި ބާވަތް ބާވަތުގެ ގަސްތައް ހިމެނެއެވެ.

ހުސްވި ޖޫންމަހުގެ 23 ވަނަ ދުވަހު ކާށިދޫ ކައުންސިލުން ކުރި އިއުލާނެއްގައި 2 ޖުލައި 2026 ގެ ކުރިން ގަސްތައް ނެގުމަށް އަންގައި މުހުލަތެއް ވަނީ ދީފައެވެ. މިއަދު ކައުންސިލުގެ މުވައްޒަފުން ނުކުމެ ގަސްތައް ނަގަން ފަށާފައި ވަނީ ދީފައިވާ މުއްދަތުވެސް ހަމަވެ 2 ހަފްތާ ފަހުންނެވެ.

ކާށިދޫއަކީ، މާގަސް ހެއްދުމުގައި ރާއްޖޭގައިވެސް ފާހަގަކޮށްލެވޭ ރަށަށްވާއިރު، މާގަސް ޕޮޓުތައް އިންފާރާއި ކައިރީގައި ބެހެއްޓުމަށް ކައުންސިލުން ހުއްދަދޭ ކަމުގައި ކާށިދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް