މާލޭ ސިޓީ ކައުންސިލުން ސަރުކާރަށް ލިބުނީ ދެގޮނޑި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރެއިން --- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ 17 ގޮނޑީގެ ތެެރެއިން، 15 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ލިބިފައި ވަނީ، މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ ދެ ގޮނޑިއެވެ. އެއީ ހުޅުމާލެ މެދު ދާއިރާގެ ގޮނޑި އާއި، ވިލިމާލެ ދާއިރާގެ ގޮނޑިއެވެ. މޭޔަރުގެ ގޮނޑި މިހާރު މޭޔަރު ކަމުގެ މަޤާމުގައި ހުންނެވި އާދަމް އާޒިމް ދިފާއު ކުރެއްވި އިރު، ޑެޕިޔުޓީ މޭޔަރުގެ މަޤާމުގައި މިހާރު ހުރި މުޙައްމަދު ޢަރީޝަށްވެސް ވަނީ ގޮނޑި ގެއްލިފައެވެ. މާލޭ ސިޓީގެ މިނިމޭ ދައުރުގައި ސުޕަރ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީއަށެވެ.
މާލެ ސިޓީންވެސް ސަރުކާރަށް ބޮޑު ނާކާމިޔާބަކާއި ކުރިމަތިވި އިރު، ރާއްޖޭގެ އެހެން ސިޓީތަކުންވެސް ސަރުކާރަށް ލިބިފައި ވަނީ ނާކާމިޔާބީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް