Post banner
ރާއްޖެ

މަށިމާލި ޕެރޭޑުގައި ހަޖޫޖެހުން ތަރުޖަމާނަށްވީ ލިބުނު މެޑެއްޔަކަށް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަށިމާލި ޕެރޭޑުގައި ހަޖޫޖެހުން ތަރުޖަމާނަށްވީ ލިބުނު މެޑެއްޔަކަށް!

ކުޅުދުއްފުށީ މަށިމާލި ޕެރޭޑްގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ

ކުޅުދުއްފުށީ ވަޅު ޢީދު ދުވަހު ބާއްވާ، މަށިމާލި ޕެރޭޑުގައި، ސަރުކާރުގެ އިސް ތަރުޖަމާނު، މުޙައްމަދު ޙުސައިން ޝަރީފް(މުންދޫދު) އަށް، ހަޖޫޖަހާފައި ވާއިރު، އެއީ ލިބުނު މެޑެއްޔެއް ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި މިއަދު ކުރިޔަށް ގެންދިޔަ މަށިމާލި ޕެރޭޑުގައި ހަޖޫޖަހާފައި ވަނީ، ދެގޮހޮރު އޮންނަ ކަމުގައި ވިދާޅުވެ، ތަރުޖަމާނު ނޫސްވެރިންގެ ބައްދަލުވުމުގައި، ދައްކަވާފައިވާ ވާހަކަފުޅަށެވެ. އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މުންދު ވިދާޅުވީ، ސިޔާސީގޮތުން ފާޑުކިޔުމާއި ހަޖޫޖެހުމަކީ އެމަނިކުފާނަށް ހަޖަމުކުރެއްވޭނެ ކަމެއް ކަމަށެވެ.

މަށިމާލި ޕެރޭޑުގައި މުންދުއަށް ހަޖޫޖަހާފައިވާ ފްލޯޓްގެ ވީޑިއޯއަށް ކުރެއްވި ކޮމެންޓްގައި މުންދު ވިދާޅުވީ، ކުޅުދުއްފުށީ މަާލި ޕެރޭޑުގައި މީމްއެއް ގޮތުގައި ނަމަވެސް ހިމެނުމަކީ، ލިބުނު މެޑެއްޔެއް ކަމަށެވެ. އަދި އެއީ ރާއްޖޭގައި މަޝްހޫރުވެފައިވާ ދަރަޖަ ދައްކުވައިދޭ ކަމެއް ކަމުގައިވެސް މުންދު ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް(މުންދު)ގެ އިތުރުން، ކުރީގެ ރައީސް ނަޝީދު ޕޯޑިއަމްގައި ދެއްކެވި "ފުލުވައް" ވެއްޓުމުގެ ވާހަކަފުޅާއި ގުޅުވައި، މަށިމާލި ޕެރޭޑުގައި އެމަނިކުފާނަށްވެސް ހަޖޫޖަހާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް